10 ޑިސެމްބަރ 2023
މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު ރެސްކިއު ޑައިވަރުން ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހަދަން ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު ރެސްކިއު ޑައިވަރުން ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހަދަން ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިން މޫދަށް ފީނާއިރު ވަރަށް ގިނައިން ހިތާމަވެރި ހާދިސާތައް ހިނގާ ކަމަށެވެ. މި ގޮތަށް ފީނުމުގެ ތެރޭގައި، ހާއްސަކޮށް އެންވެރި ކަމަށް ޑައިވް ކުރުމުގައި ހިތާމަވެރި އެކްސިޑެންޓްތައް ހިނގާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ބައެއް ފަހަރު ފުރާނަ އަށް ނުރައްކާވާ ހާލަތު ވެސް ދިމާވެފައިވާ ކަމަށާއި އެހެންވެ މި ކަހަލަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް، ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން އުޅަނދުފަހަރުގައި ތިބުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ކަމުން، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު "ރެސްކިއު ޑައިވާ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކާ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެވޭނެ. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ މި ފަދަ ހިތާމަވެރި މައްސަލަތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.. -- ފޮޓޯ: ރައީސް އޮފީސް
"މިފަދަ ކޮންމެ ކަމަކުން ނިކަމެތި ވަނީ ހަމައެކަނި ހާދިސާއާ ކުރިމަތިލާ މީހާއެއް ވެސް ނޫން. އޭނާގެ އަނބިދަރީން. މުޅި އާއިލާ. އުމުރު ދުވަހަށް މި ފަޅުކަމާއި ހުސްކަން އިހްސާސްކުރަން ޖެހޭ. އެހެންވީމާ، މި ސަރުކާރުން އަޅުގަނޑު ބޭނުންވަނީ މި ހިތާމަވެރި ހާލަތުން މަސްވެރީންނަށް އަރައިގަނެވޭނެ ގޮތްތަކެއް ރާވައި ތަންފީޒުކުރަން. އިރާދަކުރެއްވިއްޔާ މިކަން ކުރާނަން."
ރައީސް ވަނީ އާ ސަރުކާރުން މަސްވެރިންނަށް ކޮށްދޭން ރާވާފައިވާ ބައެއް ކަންކަމާ ގުޅޭ މައުލޫމާތުތައް ވެސް މިރޭ ހިއްސާކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީ އަށް ވަޑައިގެން ވެސް މަސްވެރިންގެ ކަންކަމަށް އިސްކަންދެއްވި ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް
"އިރާދަކުރެއްވިއްޔާ ލަހެއް ނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓު ތަނަވަސްކަމާ އެކީގައި އެތައް ފުރުސަތެއް ހުޅުވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
• މިފްކޯ އަކީ މީގެ ފަހުން ދިވެހި މަސްވެރީންގެ ބައިވެރިވުމާ އެކު ހިންގާ 100 ޕަސެންޓް ދިވެހި ސަރުކާރުގެ ގައުމީ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުން.
• މަސްވެރީންގެ ގައުމީ ދަފުތަރެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކުރުން.
• ތިމާވެއްޓާ ރައްޓެހިކޮށް ދިވެހި މަސްވެރީން ބާނާ މަހުގެ ބޮޑު ފައިދާއެއް ނަގަނީ ބޭރުގެ މަސް ޕްރޮސެސްކުރާ ކުންފުނިތަކުން ނާޖާއިޒު ގޮތުގައި ނެގުން ހުއްޓުވައި ޖާއިޒު ގޮތުގައި ދިވެހި މަސްވެރީންނަށް ލިބޭނެ ގޮތަކަށް މި ނިޒާމު ބަދަލުކުރަން.
• އެކުއަކަލްޗާ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކާ މެރީން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް އަންނަ ފެބްރުވަރީ މަހުގެ ތެރޭގައި ފެށުން.
• ކަނޑުގެ ދިރުންތަން އާލާކުރާނެ މަލްޓިސްޕީޝިސް ހެޗަރީއެއް ގާއިމްކުރުމަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް މި މަހުގެ ތެރޭގައި ފަށާނެ.
• ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ލޯނު ލިބޭނެ ގޮތްތައް ތައާރުފުކުރުން.
• ގައުމީ ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމްކުރުން.
• ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުން.
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ފަށަނީ
މަސްވެރިންނަށްވީ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި
މަހުގެ އަގު އަންނަ އަހަރު މަތިވާން ފަށާނެ: ރައީސް
މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާނެ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ކަންބޮޑުވުންތަކާ އެކު ކެޔޮޅުން ރައީސްގެ އަރިހަށް!