01 ޑިސެމްބަރ 2023
މާލޭގެ މޭޔަރު އަދި ކައުންސިލްގެ ތިން ދާއިރާއެއްގެ މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
މާލޭގެ މޭޔަރު އަދި ކައުންސިލްގެ ތިން ދާއިރާއެއްގެ މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
މޭޔަރު ކަމުގެ އިތުރުން ހުޅުވާލީ މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ކަމެވެ.
މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ. އަދި ކައުންސިލްގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ.
އެ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދެ ޕާޓީގެ ފަރާތުން ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 9 ގަ އެވެ.
ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް ޕީޕީއެމް ނުވަތަ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް އެކަންޏެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހާއި އެމްޑީޕީން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އެމްޑީޕީ ޓިކެޓުން އިންތިހާބުވި ކައުންސިލަރު ޕީއެންސީއަށް
އާޒިމާ މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ޕްރެސް ކޮންފަރެންސް ފަހު ވަގުތު ކެންސަލް
ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނަގާކަށް ނޫޅެން: މުއިއްޒު
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި
ޕީޕީއެމުން ނަހުލާ ސަސްޕެންޑުކޮށްފައި ހުންނަތާ ދެ މަސް
ފޯނުން ގުޅާލުމުން މުއިއްޒުއާ ބައްދަލުކުރެވޭ ގޮތް ހަދައިފި