04 ޑިސެމްބަރ 2023
ވާދަވެރިއަކު ނެތުމުން މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ޓިކެޓް ދޭން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.
ވާދަވެރިއަކު ނެތުމުން މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ޓިކެޓް ދޭން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.
އެ ކޯލިޝަނުން ބުނީ މާލޭ މޭޔަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އާޒިމާ އެކަނި ކަމަށެވެ.
މޭޔަރު ކަމުގެ ޓިކެޓް ހޯއްދަވަން ރޭ ފޯމު ހުށަހެޅުއްވުމަށް ފަހު، އާޒިމާ ވިދާޅުވީ، މޭޔަރު ކަމަށް ވާދަކުރައްވަނީ ދިވެހިންނަށް މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ކުރިއަށް ގެންދަން ކަމަށާއި މިއީ ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ މޭޔަރަކު އިންތިހާބު ކުރަންވީ ވަގުތު ކަމަށެވެ.
"މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމިހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ އަށް ގެންގުޅުއްވި ތަސައްވަރު ކާމިޔާބު ކުރެއްވުމުގަ އެވެ.
މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ. އަދި ކައުންސިލްގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ.
މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމާ ފޯމު ހުށަހަޅުއްވައިފި https://t.co/VgGJf1iJx3
— Mihaaru (@Mihaarunews) December 3, 2023
މޭޔަރު ކަމުގެ އިތުރުން ހުޅުވާލީ މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލުމަށެވެ. އެ ގޮނޑިތަކަށް ވެސް ޕީޕީއެމް/ޕީއެންސީން ކުރިމަތިލާން ވަނީ ނިންމައިފަ އެވެ.
މާލޭގެ މޭޔަރާއި ހުސްވެފައިވާ އެހެން ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ލިބިފައި ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށެވެ. އެ މަގާމަށް މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ސަރުކާރާ އެކު މާލޭގެ ތަސައްވުރު އާޒިމާ ބަދަލުކޮށްލާނެ!
މޭޔަރުކަމަށް ވާދަކުރައްވަަން އާޒިމާ ފޯމް ހުށަހަޅުއްވައިފި
ޕީޕީއެމް/ޕީއެންސީން މޭޔަރުކަމަށް ވާދަކުރަން ހުޅުވާލައިފި
އާޒިމާ މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
ފޯނުން ގުޅާލުމުން މުއިއްޒުއާ ބައްދަލުކުރެވޭ ގޮތް ހަދައިފި
ޔާމީން ހުންނެވިނަމަ މަސައްކަތްތައް ނިމުނީސް: މުއިއްޒު
އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ހެދުމަށް ހަރަކާތެއް
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް