Roadha Mihaaru
މުއިއްޒުގެ ޕްރެސް ކޮންފަރެންސް ފަހު ވަގުތު ކެންސަލް

މުއިއްޒުގެ ޕްރެސް ކޮންފަރެންސް ފަހު ވަގުތު ކެންސަލްކޮށްފި

26 ޖުލައި 2023

މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގޮތުން މިއަދު ބާއްވަވަން އުޅުއްވި ޕްރެސް ކޮންފަރެންސް ފަހު ވަގުތު ކެންސަލް ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގޮތުން މިއަދު ބާއްވަވަން އުޅުއްވި ޕްރެސް ކޮންފަރެންސް ފަހު ވަގުތު ކެންސަލް ކޮށްފި އެވެ.

ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ ވިދާޅުވީ މުއިއްޒުގެ ޕްރެސް ކޮންފަރެންސް ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޕްރެސް ކޮންފަރެންސް ފަސްކުރި ސަބަބެއް އަދި ދެން ބާއްވާނެ ދުވަހެއް ވެސް ވިދާޅެއް ނުވެ އެވެ.

އެ ޕްރެސް ކޮންފަރެންސް ބާއްވާ ގޮތަށް އޮތީ މިއަދު މެންދުރު ފަހު 2:30 ގައި މުއިއްޒުގެ އަމިއްލަ ގެ، ދިމްޔާތުގަ އެވެ.

މުއިއްޒު އަމިއްލަ ގޮތުން ޕްރެސް ކޮންފަރެންސެއް ބާއްވަން އުޅުއްވި އިރު، އަންނަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އެކަމަކު، މިހާތަނަށް ވެސް އޭނާ އެކަން ކަށަވަރުކޮށް ނުދެއްވަ އެވެ.

ރިޔާސީ ޓިކެޓާ ގުޅިގެން ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތަކުގައި މުއިއްޒުއާ އަރިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވަނީ ވަކި ވެސް ވެ ވަޑައިގެންފަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ޕާޓީން ވަކިވެ ވަޑައިގަތީ މުއިއްޒަށް ކެމްޕެއިން ކުރާ ކަމުގެ ތުހުމަތުކޮށް ސެނެޓުން މައްސަލަ ބަލަން ފެށުމުންނެވެ.