Roadha Mihaaru
ޕީޕީއެމުން ނަހުލާ ސަސްޕެންޑުކޮށްފައި ހުންނަތާ ދެ މަސް

ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭ ގޮތަށް ނަހުލާ ވަނީ ދެ މަސް ކުރިން ސަސްޕެންޑްކޮށްފައި

27 ސެޕްޓެމްބަރ 2021

ޕީޕީއެމްގެ އެތެރޭ އިންތިހާބުތަކުގައި ވާދަނުކުރެއްވޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެ ޕާޓީން ސަސްޕެންޑުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕީޕީއެމްގެ އެތެރޭ އިންތިހާބުތަކުގައި ވާދަނުކުރެއްވޭ ގޮތަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެ ޕާޓީން ސަސްޕެންޑުކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ފިޔަވަޅު އެޅީ ދެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ.

އެކަމަކު، އެ ކަމާ ބެހޭ ތަފްސީލަށް ވަޑައިގަންނަވާކަށް އަދުރޭ ބޭނުމެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ނަހުލާ ސަސްޕެންޑު ކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވަން ބޭއްވި އިންތިހާބުތަކުގައި އޭނާ ޕީޕީއެމްގެ ނިންމުންތަކާ ހިލާފުވި ކަމަށް ބުނެ އެވެ.

ޕީޕީއެމްގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި 2024 ގެ ނިޔަލަށް ނަހުލާ އަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލާގައި ނަހުލާގެ ބަހެއް ވެސް އަދި ނުލިބެ އެވެ.