ސްކޫލްތަކުގެ ލައިބްރަރީގައި ހުންނަ ފޮތްތަކުގެ ތެރެއިން، އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާ ނުގުޅޭ ފޮތްތަކާއި ތަކެތި ނައްތާލަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
22 ނޮވެމްބަރ 2023
ސްކޫލްތަކުގެ ލައިބްރަރީގައި ހުންނަ ފޮތްތަކުގެ ތެރެއިން، އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާ ނުގުޅޭ ފޮތްތަކާއި ތަކެތި ނައްތާލަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
އެ މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ވަނީ ސްކޫލްތަކުގެ ލައިބްރަރީގައި މިހާރު ބޭނުންކުރާ ފޮތްތަކާއި އެހެނިހެން ވަސީލަތްތަކަކީ އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރަން އަންގައިފަ އެވެ.
އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލްތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީތަކުގައި ބޭނުން ކުރުމުގެ ކުރިން އެއީ ދަރިވަރުން ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިތޯ ކަށަވަރު ކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައި ވެ އެވެ.
އެފަދަ އެއްވެސް އެއްޗެއް ފޮތްތަކުގައި ހުރި ނަމަ މިނިސްޓްރީއާ ގުޅިގެން ނައްތާލުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ދަންނަވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ދަރިވަރުން ގެންގުޅޭ ފޮތްތަކާއި ލައިބްރަރީގައި ހުންނަ ބައެއް ފޮތްތަކުގައި ދީނާ ހިލާފު ވާހަކަތައް ލިޔެފައި ހުރި މައްސަލަތައް ދޭތެރެއަކުން ފެންމަތިވެ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ އެވެ.
ދީނީ ހަރަކާތްތައް ސްކޫލުގައި ހިންގާނެ އުސޫލު ހަދަނީ
ހުތުރު ފިކުރާ ދުރުކުރަން ކިޔަވައިދޭންޖެހޭ: އަދާލަތު
ދީނީ ކަންކަމަށް ސްކޫލް ހޯލްތައް ނުދޭތީ ކަންބޮޑުވެއްޖެ
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
ރެހެންދި ސްކޫލުގައި ފުލުހުން، ނުރައްކަލެއް ނެތް!
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ