26 މެއި 2018
އަމިއްލަ ޖަމިއްޔާތަކުން ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކާއި ތަފާތު ހަރަކާތްތައް ބޭއްވުމަށް ސްކޫލްތަކުގެ ހޯލްތައް ދޫ ނުކުރާ ކަމަށް ބުނެ، މަޝްހޫރު ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އަމިއްލަ ޖަމިއްޔާތަކުން ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކާއި ތަފާތު ހަރަކާތްތައް ބޭއްވުމަށް ސްކޫލްތަކުގެ ހޯލްތައް ދޫ ނުކުރާ ކަމަށް ބުނެ، މަޝްހޫރު ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މި ރޯދަ މަހު ދީނީ ދަރުސްތަކާއި ދީނީ އެހެނިހެން ހަރަކާތްތައް އިތުރުވެފައިވާއިރު، އެ ހަރަކާތްތައް ބާއްވާނެ ތަންތަން ސަރުކާރުން ނުދޭ މައްސަލާގައި ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އޭގެ ތެރޭގައި އައްޑު އާއި ބ. ކިހާދޫ ސްކޫލް ދޫނުކުރި މައްސަލަ ހިމެނެ އެވެ. ސަލަފުން ދާދި ފަހުން އައްޑޫގައި ބާއްވަން އުޅުނު ދަރުހަކަށް ސްކޫލެއްގެ ހޯލެއް ނުލިބުނެވެ. އޭގެ ފަހުން، ބ. ކިހާދޫ ސްކޫލްގައި ދީނީ ވޯކްޝޮޕެއް ބާއްވަން އުޅުމުން، އެކަމަށް ހުއްދަ ނުދިނުމާ ގުޅިގެން ވޯކްޝޮޕް ބޭއްވީ އެ ރަށު މިސްކިތުގަ އެވެ.
މިސްކިތެއްގައި ދީނީ ވޯކްޝޮޕެއް ކުރިއަށް ދަނީ. -
ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ފޭސްބުކްގައި، ދީނީ ހަރަކާތްތަކަށް ސްކޫލްތަކުގެ ހޯލްތައް ނުދޭ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައި، އެކަން ހައްދުން ނައްޓައިފި ކަމަށް ވިދާޅުވެފަ އެވެ. އަދި އިސްލާމީ ދައުވަތަށް ހުރަސް އަޅާނީ ލާދީނީ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒައިދު ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓު.
ސަރުކާރުން ދީނީ ކަންކަމަށް އަހަންމިއްޔަތު ދޭ ކަމަށް ބުނާ ނަމަ، އަމަލީ ގޮތުން އެކަން ދައްކައި އެޑިއުކޭޝަން މިނިސްޓްރީގައި ލާދީނީ މީހަކު ހުރި ނަމަ، އެތަން ވީ އެންމެ އަވަހަކަށް ސާފު ކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަދި މިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދީނީ އިލްމުވެރިޔާ ޝެއިހް ހަސަން މުހައްމަދު ފިކުރީ ޓުވިޓާގައި ވިދާޅުވި ގޮތުގައި، ރަށު ކައުންސިލާއި ރައްޔިތުން އެދިގެން ބާއްވާ ނަމާދު ވޯކްޝޮޕަށް ސްކޫލްގެ ހޯލް ނުލިބުމަކީ ނިހާޔަތަށް ހިތާމަ ހުރި ކަމެކެވެ.
@ahmed_nihan miyoh fadha barakaaiytheri Ramadan mahu rayyithunnah namaadhu workshop eh baavvaalan B.Kihaadhoo school nudhin. #SHAME
— علي رميز بن قاسم (@aliramyz) May 25, 2018
އަލީ ރަމީޒު ކުރެއްވި ޓުވީޓު.
ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ޓެގް ކުރައްވައި ދީނީ އިލްމުވެރިޔާ އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޯދަ މަހު ރައްޔިތުންނަށް ނަމާދު ވޯކްޝޮޕް ބާއްވަން ކިހާދޫ ސްކޫލް ނުދިނުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.
އެކަމަކު، އެކަމާ ގުޅިގެން ނިހާން ވަކި އެއްޗެއް އަދި ވިދާޅުވެފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކުން ސްކޫލްތަކުގައި ކަމެއް ކުރަން ރާވައިފި ނަމަ، ސްކޫލްތައް ދޫކުރުމުގައި އަމަލު ކުރާ އުސޫލެއް އޮންނަ ކަމަށެވެ. އެއްވެސް ކަހަލަ ހަރަކާތެއް ބާއްވަން ބަޔަކަށް ސްކޫލް ދޫކުރުމުގެ ކުރިން ސްކޫލުގައި ރާވާ ހަރަކާތްތަކާއި ސްކޫލުން ކުރަން ބޭނުންވާ ކަންތައްތަކަށް އިސްކަންދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކަމަކު، ދީނީ އިލްމުވެރިޔަކު "މިހާރު" އަށް ވިދާޅުވީ ދީނީ ދަރުސްތައް ސްކޫލްތަކުގައި ބޭއްވުމަށް ފުރުސަތު ނުދިނުމަށް ސީދާ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން، ސްކޫލްތަކުގެ ވެރިންނަށް އިންޒާރު ދެމުންދާ ކަމަށެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ.
ދީނީ ދަރުސްތަކަށް ހުރަސް އަޅައި، ދީނީ އެކިއެކި ހަރަކާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހުރަސް އަޅަމުންދާ ކަމަށް ބުނެ ދާދި ފަހުން ދީނީ އިލްމުވެރިންތަކެއް ވަނީ އެކަމާ ދެކޮޅަށް ތެދުވެ، މަޝްވަރާތައް ފަށައިފަ އެވެ. އަދި މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިލްމުވެރިން ބުނެ އެވެ.
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
އާއިލާތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު-1
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން
ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް
އިސްލާމީ ނަޒަރުން އާއިލާގެ ވެރިޔާގެ މުހިންމުކަން