ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދު، އާ ސަރުކާރުގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
20 ނޮވެމްބަރ 2023
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދު، އާ ސަރުކާރުގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
ކަސްޓަމްސް ކޮމިޝަނަރުގެ މަގާމަށް މާނިއު ހަމަޖެއްސުމުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސް މަގާމުތަކަށް ވެސް ރައީސް މިއަދު ބޭފުޅުން އައްޔަންކުރެއްވި އެވެ.
އެ ބޭފުޅުން މަގާމުގެ ހުވާކުރެއްވުމާއި މަގާމުގެ ފަސްކޮޅު އެރުވުން އޮތީ ރައީސް އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރިން ކުރެއްވި މާނިއު ކަސްޓަމްސްގެ ކޮމިޝަނަރުގެ މަގާމަށް ހަމަޖެއްސެވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ.
ރައީސް ވަނީ ޕްރިޒަންސް ކޮމިޝަނަރުގެ މަގާމަށް ވެސް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަންކުރެއްވީ ހަސަން ޒަރީރެވެ.
ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނާ އެކު ރައީސް އާއި ނައިބު ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު، ބޮޑުފެންޑާގެ، އަބްދުﷲ ނާޒިމް އިބްރާހީމް ވެސް ވަނީ އައްޔަންކުރައްވައިފަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ މިނިސްޓަރުގެ ފެންވަރުގަ އެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ތިން ބޭފުޅަކު ރައީސް އައްޔަންކުރެއްވި އެވެ. އެ ބޭފުޅުންނަކީ؛
• ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މުހައްމަދު ފަހުމީ ހަސަން.
• ސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އިބްރާހިމް އާމިރު.
• ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގެ ސްޓޭޓް މިނިސްޓަރަކަށް ފާތިމަތު ޝަމްނާޒް އަލީ ސަލީމް (މާލޭ ސިޓީ ކައުންސިލުގެ ކުރީގެ މެމްބަރު).
ސްޓޭޓް މިނިސްޓަރު ފަހުމީ 4 ދުވަސްތެރޭ ވަކިކޮށްފި
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފި
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް: ޑރ. ވަހީދު
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
އޮގަސްޓް30، އިންޖިނޭރުންގެ ދުވަސް ކަމަށް ނިންމަވައިފި
ފަލަސްތީނުގެ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
މިނިސްޓްރީގައި ކަތުރުފަނި އަޅައިގެން ކަންބޮޑުވުން
ޖެނެރޭޝަނަލް ބޭންގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
މަހުގެ އަގު 20ރ. އަށް ބަދަލުކޮށްދޭން އެދިއްޖެ