ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ ދަށުން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ 4.2 މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި އެވެ.
19 ނޮވެމްބަރ 2023
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ ދަށުން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް 21 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާތީ 4.2 މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި އިއުލާނުގައި ފެނަކައަށް އަންގާފައި ވަނީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށެވެ.
އީޕީއޭ އިން ބުނި ގޮތުގައި ގަވައިދުގައި ބުނާ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް ގެންދިއުމަށް ވަނީ އެދިފަ އެވެ.
މީގެ ކުރިން ވެސް ފެނަކައިން ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާތީ ހަ ފަހަރެއްގެ މަތިން ފިޔަވަޅު އެޅި އެވެ.
އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް އިންޖީނު ގެ އަޅާ ރަށްތަކަކީ ހއ. އުލިގަމާއި ހއ. އުތީމާއި ހއ. ދިއްދު އާއި ހއ. މުރައިދު އާއި ހއ. މޮޅަދު އާއި ހދ. ފިނޭ އާއި ހދ. ކުޅުދުއްފުއްޓާއި ހދ. ކުމުންދު އާއި ށ. ފޭދޫ އާއި ށ. މާއުނގޫދު އާއި ށ. ކޮމަންޑު އާއި ނ.ފޮއްދު އާއި ނ. ކެނދުކުޅުދު އާއި ރ.ރަސްގެތީމާއި ރ. ކިޅޮހާއި ޅ.ކުރެންދު އާއި ދ. މީދު އާއި ލ.މާބައިދު އާއި ގދ. މާވަރުލު އާއި ގދ.ރަތަފަންދު އާއި ގއ. ވިލިނގިލި ހިމެނެ އެވެ.
އީޕީއޭ އިން ހަ ވަނަ ފަހަރަށް ފެނަކަ ޖޫރިމަނާކޮށްފި
ކަތުރުފަނީގެ މައްސަލަ ގޯސްވީ މަރާމާތު ކުރުން މަދުވުމުން
އައިންމަތީ ދޫނި މަދުވެއްޖެ، ތޭރަވާ ގެއްލިއްޖެ
ނެލިވަރު ފިނޮޅަށް އެރުމުން 400،000 އިން ޖޫރިމަނާ
ފަރަށް އަރާ ބޯޓުތަކުގެ ޖޫރިމަނާ ހޯދަން ގަވާއިދެއް
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ރޯދައާ ދިމާކޮށް މަގުތަކުގައި ކުނިބަހައްޓާތީ ކަންބޮޑުވުން
މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ