Roadha Mihaaru
ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި ނަމޫނާ ތަގުރީރެއް

އާ ރައީސް މުއިއްޒު ދެއްވީ ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި، ނަމޫނާ، އަސަރުގަދަ ތަގުރީރެއް

17 ނޮވެމްބަރ 2023

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ހަވީރު ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރު ނިންމާލެއްވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހަތަށް އެނބުރިވަޑައިގެން މައްޗަށް ބެއްލެވި އެވެ. އެ މަނިކުފާނު އިސް އުފުއްލަވައި ބެއްލެވީ ދިވެހި ޖައްވުގައި މިނިވަންކަމާ އެކު ވިހުރެމުން ދިޔަ، ޖުމްހޫރީ މައިދާނުގައި ހުރި ދިވެހި ގައުމީ ދިދަ އަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ހަވީރު ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރު ނިންމާލެއްވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހަތަށް އެނބުރިވަޑައިގެން މައްޗަށް ބެއްލެވި އެވެ. އެ މަނިކުފާނު އިސް އުފުއްލަވައި ބެއްލެވީ ދިވެހި ޖައްވުގައި މިނިވަންކަމާ އެކު ވިހުރެމުން ދިޔަ، ޖުމްހޫރީ މައިދާނުގައި ހުރި ދިވެހި ގައުމީ ދިދަ އަށެވެ.

އާ ރައީސް މުއިއްޒު އިރުކޮޅަކު އެހެން ހުންނެވުމަށް ފަހު އަލުން ތަގުރީރު ފައްޓަވައި ކުރިއަށް ގެންދެވި އެވެ. އަދި ވިދާޅުވި އެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،" ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ. މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ. މީގެ ފަހުން ތިޔަ ފަހުރުވެރި ދިދަ އަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާ އެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން."

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގައި ޖުމްހޫރީ މައިދާނުގައި ހުރި ގައުމީ ދިދަ އަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަނީ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގައި ޖުމްހޫރީ މައިދާނުގައި ހުރި ގައުމީ ދިދަ އަށް އިޝާރަތްކުރައްވާ ވާހަކަދައްކަވަނީ.

ރައީސް މުއިއްޒުގެ މި ބަސްކޮޅުން އެތައް ބަޔަކަށް ފުން އިހުސާސެއް ކުރުވި އެވެ. ފަހުރުވެރި، ވަތަނީ އިހުސާސެކެވެ.

އެ ބަސްކޮޅުވީ މަޝްހޫރު ވާހަކަދެއްކުންތެރިޔާ އަދި ކުރީގެ މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އަށް ވެސް އެންމެ މާނަފުން އަސަރެއް ކުރުވި ބަސްކޮޅަށެވެ.

"މީހުންނަށް އެހާ ބޮޑަށް ނޭނގޭ ކަމެއް ކަން ނޭނގެ، ރަށްރަށުގެ އޮފީސްތަކުގައި ކޮންމެ ދުވަހަކު އިރުއޮއްސި 6 ޖެހީމަ ދިވެހި ދިދަ ނަގައިފައި، ހެނދުނު 6 ޖެހީމަ އަލުން ނަގަން ބާއްވާނެ. މިއަދު ރައީސްގެ ތަގުރީރުގައި ދިދަ އަށް ބައްލަވާލައްވާ ވިދާޅުވަނީ 'ދިވެހި ދިދަޔަކަށް އިރުއޮއްސުމެއް ނާންނާނެ ކަމަށް'،" ސަލީމް ވިދާޅުވި އެވެ.

"ހަމައެކަނި މި ނުކުތާ އަށް ބަލާލިޔަސް، މިއީ މިހާތަނަށް ރާއްޖޭގެ ރައީސަކު ތަގުރީރަކު ވިދާޅުވެފައި ނުވާ، ވަރަށް ވަރުގަދަ، ޖަރުބާތީ، ވަރަށް އަސަރުގަދަ، ގައުމީ ބަސްކޮޅެއް."

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގެ ނިންމާލެއްވުމުގެ ކުރިން ފަހަތަށް އެނބުރިވަޑައިގެން ޖުމްހޫރީ މައިދާނުގައި ހުރި ގައުމީ ދިދަ އަށް ބައްލަވަނީ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުގެ ނިންމާލެއްވުމުގެ ކުރިން ފަހަތަށް އެނބުރިވަޑައިގެން ޖުމްހޫރީ މައިދާނުގައި ހުރި ގައުމީ ދިދަ އަށް ބައްލަވަނީ.

ސަލީމް ވިދާޅުވީ ރައީސްގެ ތަގުރީރުގެ ބަސްމަގު ވަރަށް ފުރިހަމަ ކަމަށާއި ދިވެހި އަދަބިއްޔާތުގެ އެއްފަދަ ކުރުން ކަހަލަ ވަރަށް ގިނަ، މޮޅު އުންސުރުތައް މި ތަގުރީރުގައި ހިމަނާފައިވާ ކަމަށެވެ.

"ވަރަށް ގިނައިން، ތަގުރީރުގައި ހުރި އެއް އަޑަކަށް ނިމޭ ދެ ލަފުޒު، ހަމަ އެއް ތަނެއްގައި ވަރަށް ގިނައިން. ދިވެހި ބަހުގައި ކަން ހުންނަ ގޮތުން، ދިވެހި ބަހަކީ ލަފުޒަކުން، ލަފުޒަކުން ފޯރި ގެންނަމުން ގޮސް ޖުމްލައިގެ އެ ބޭނުންވާ މަގުސަދު ހާސިލުކުރެވޭ ގޮތަށް މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް 'އަލި' އެއީ ދިވެހި ބަހުގެ ލަފުޒެއް، އެކަމަކު އެއީ ހުޅުދާން ވުމެއް ނޫންތާ. ހުޅުދާންވުމޭ ބުނީމަ އެއީ އަރައިގެން ދިއުމަކީ. މުޅި ތަގުރީރުގައި ގާތްގަނޑަކަށް އަށެއްކަ ތަނެއް ދިޔަ އެހެން އެއް ލަފުޒަށް ވުރެ ގިނައިން، އޭގެ އެންމެ މަތީ މާނަ ދޭހަވާ އަނެއް ލަފުޒު ވިދާޅުވަމުން. އެގޮތަށް ވިދާޅުވަމުން، ވިދާޅުވަމުން ގޮސް ވަރަށް ރީތި ލަފުޒުތައް، އަދަބީ ގޮތުން ބަލާއިރު ވެސް ބޭނުންކުރެއްވި."

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި (ކ-ވ) ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހުވާ ކުރުމުގެ ރަސްމިއްޔާތުގައި (ކ-ވ) ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސަލީމް ވިދާޅުވި ގޮތުގައި ރައީސްގެ ތަގުރީރު ރީތިކޮށްދިނީ ދިވެހި ބަހުގެ އަދަބިއްޔާތެވެ.

އަޅުގަނޑަށް ތަގުރީރު ރީތިވީ ރައީސްގެ މެސެޖުތައް ވަރަށް ސާފުކޮށް، ސާދާކޮށް، ހޮޅުއަށީގައި އޮންނަ މީހާ އަށް ވެސް އެ ވިދާޅުވަނީ ކީކޭ ކަން އެނގޭ ކަހަލަ ބަސްމަގެއް ބޭނުންކުރެއްވުމުން: ހޯރަފުށީ ސަލީމް

"އަޅުގަނޑަށް ތަގުރީރު ރީތިވީ ރައީސްގެ މެސެޖުތައް ވަރަށް ސާފުކޮށް، ސާދާކޮށް، ހޮޅުއަށީގައި އޮންނަ މީހާ އަށް ވެސް އެ ވިދާޅުވަނީ ކީކޭ ކަން އެނގޭ ކަހަލަ ބަސްމަގެއް ބޭނުންކުރެއްވުމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި، މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސަކު މިހާތަނަށް ދެއްވި އެންމެ ފުރިހަމަ ތަގުރީރެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ތަގުރީރަކީ އެމަނިކުފާނާއި ބޮޑު ޓީމެއްގެ މަސައްކަތެވެ.

މި ރީތި ތަގުރީރަށް ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި، މި ތަގުރީރަކީ ގައުމީ ލޯބި އުތުރި، އެރުވި ތަގުރީރެކެވެ. އަދި ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި، ނަމޫނާ އަދި އަސަރުގަދަ ތަގުރީރެކެވެ.

ރައީސްގެ ތަގުރީރުގައި ދިވެހި ގައުމީ ދިދަ އަށް އިޝާރަތްކުރައްވާ އިތުރަށް ވިދާޅުވީ އެއީ މިނިވަންކަމުގެ ދިދަ ކަމަށާއި އެކަން ދައްކައިދިނުމަށްޓަކާ އަތްވާއި ވާރެ އާއި ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށެވެ. އެކަމުން ބުނެ ދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަން ޖެހޭ ހިތްވަރާއި ބަހައްޓަން ޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާ އެކު، ވަކި ގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން: ރައީސް

"އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާ އެކު، ވަކި ގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން،" ރައީސް ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ތިން ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ތިން ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ދިދަ ހަނދާންކޮށްދެނީ، ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަކަށް ވާނީ، ދިވެހި މުޖުތަމައު، ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅިލާމެހި އެކުވެރިވެ، އެހީތެރިވެގެން ކަމަށާއި އަދި ރަނގަޅު ކަންކަން ދިރުވުމުގައްޔާއި ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދީގެންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ސޫރަޔަކީ އަދި ސިފަޔަކީ ކޮބައިތޯ ބަޔަކު އަހައިފާނެ ކަމަށާއި ރައްޔިތުންގެ ކުރިމަތީގައި މިއަދު ހުއްޓިވަޑައިގަތީ އެ ސުވާލަށް ވެސް ޖަވާބެއް އަރުވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ސުވާލަށް ރައީސް ދެއްވި ޖަވާބު ވެސް އެތައް ބައެއްގެ ހިތްތަކާ ކުޅެލި އެވެ.

"އަޅުގަނޑު އަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަން ކަމަށް ފިޔަވަޅު އަޅާނެ. ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރު ކުރުމެއް، ވަންހަނާ ކުރުމެއް ނޯންނާނެ. މާތް ﷲގެ ހެޔޮ ތައުފީގާ އެކު، އިރާދަކުރެއްވިއްޔާ، ވީ ވައުދު ފުއްދާނެ،

"ހީލަތްތެރިއެއް ނުވާނެ. އަޅުގަނޑުމެންގެ ސަރުކާރު، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ފަސްގަނޑު ދިފާއުކުރާނެ. ގައްދާރުވެރިއެއް ނުވާނެ. އަޅުގަނޑުމެން ވާނީ، ބިނާކުރާ ބަޔަކަށް. އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާކުރާނެ. ހުވަފެނެއް ނުދައްކާނެ. ނިކަން ރަހުމާއި ކުލުނާއި އަގަލު ހުންނާނެ. އަނިޔާވެރިއެއް ނުވާނެ. ރައްޔިތުންގެ އަޑުއެހުމުގައި، ރައްޔިތުންގެ ހާލު ބަލައި ކަންކަން ހައްލުކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިހުލާސްތެރިކަމާ އެކު ދެމި ތިބޭނަން،

އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ، އެކަކު އަނެކަކަށް ހިނިތުންވާށޭ. ގުޅުންތައް ދަމަހައްޓާށޭ. ލޯތްބާއި އިހުތިރާމާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ މާތް ސިފަ މުޅި ރާއްޖޭގައި އާލާކުރާށޭ. ހިތްފަސޭހަ، ހިތްގައިމު ދިވެހި މުޖުތަމައެއް ބިނާކުރާށޭ: ރައީސް

"އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ، އެކަކު އަނެކަކަށް ހިނިތުންވާށޭ. ގުޅުންތައް ދަމަހައްޓާށޭ. ލޯތްބާއި އިހުތިރާމާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ މާތް ސިފަ މުޅި ރާއްޖޭގައި އާލާކުރާށޭ. ހިތްފަސޭހަ، ހިތްގައިމު ދިވެހި މުޖުތަމައެއް ބިނާކުރާށޭ،" ވިއްސަކަށް މިނެޓަށް ދިގުދެމިގެން ދިޔަ ތަގުރީރުގައި ރައީސް ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ މަންމާފުޅު ހުސްނާ އާދަމް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ މަންމާފުޅު ހުސްނާ އާދަމް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިވެހި ބަހާއި ތާރީހާއި ސަގާފަތަށް އިސްކަންދެއްވުމަކީ ރައީސްގެ ވަރަށް ބޮޑު ވައުދުފުޅެއް ވެސް މެ އެވެ. އެކަމަށްޓަކާ ހާއްސަ މިނިސްޓްރީއެއް ވެސް މިރޭ ވަނީ އުފައްދަވައިފަ އެވެ.

ދިވެހިންގެ ހިތުގައި ގައުމިއްޔަށް ލޯބި ޖެއްސެވުމަށް އެމަނިކުފާނު ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެކަން މިއަދު ދެއްވި ތަގުރީރުން ވެސް ފާހަގަވި އެވެ.

ވަރަށް ޔަގީން ކަމާ އެކު، ރައީސް ވިދާޅުވީ ދިވެހިވަންތަ ގައުމީ ޝަހުސިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް އާ ސަރުކާރުން ކުރާނެ ކަމަށެވެ. ރައީސް ގަބޫލުކުރައްވާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެން ޖެހޭ ގައުމީ ހައްގެކެވެ. ދިވެހި ތާރީހު އެނގުމުގެ ހައްގުން އެ ކުދީން މަހުރޫމު ކުރެވިގެން ނުވާނެ ކަމަށާއި ރާއްޖޭގެ ޖިއޮގްރެފީ އެނގުމުގެ ހައްގު، ދިވެހި ކިޔަވާ ކުދިންގެ ކިބައިން ނިގުޅައިގަނެވިގެނެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަކީ 4،000 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ހަޟާރަތެއް ކަމަށާއި މިތަނުގައި އަސްލުތައް ދަސްކޮށް، އެ ކަންކަމުން އިލްހާމު ލިބިގެން، ދިވެހި ގައުމަށް ހެޔޮ އެދި، މުރާލި ހިންމަތްތެރިޔަކަށް ވުމުގެ ފުރުސަތު ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ހައްގުތަކާއި ފުރުސަތުތަކާއި ފަހުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު ކަމަށާއި އަދި އެއީ ދިވެހީންގެ ކެރުމާއި އަޒުމާއި ހިތްވަރާއި އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ އެ މަޝްރޫއުން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮ ގޮތުގައި ބިނާކޮށް ފައްކާކުރެވޭނެ އެވެ. އަދި ދަރީން ހެޔޮ ގޮތުގައި ބޮޑުކުރަން، މައިންބަފައިން ރެޔާއިދުވާލު އެ ވާ ގުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުންމީދުން ފުރިފައިވާ ހިތްތަކަށް ހޯދައިދެވޭނެ އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވި ޖުމްހޫރީ މައިދާނުގައި ތަގުރީރު ކުރައްވަން ފައްޓަވަމުން ވެސް، އެ މައިދާނާ ގުޅުވައި ރައީސް ވަރަށް އަސަރުގަދަ ބަސްކޮޅެއް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ؛

"އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށް ފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ހާއްސަ ދަތުރަށް ރިޔާ ކޮށާލި ދުވަސް. މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު. މި މައިދާނަކީތޯ؟ މިއީ، ޝަހީދު ހުސައިން އާދަމާއި ދިވެހި ގައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަތަލުންނެއް، އަޅުގަނޑުމެންގެ ފަހުރުވެރި ދިވެހިރާއްޖެ އާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި، ފުރާނައިން ގުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން."