Roadha Mihaaru
ޑިއާޒް، ކޮލަމްބިއާގައި އޭނާގެ ބައްޕައާ ބައްދަލުކޮށްފި

ޑިއާޒް، ހަނގުރާމަވެރިން ކިބައިން ސަލާމަތްވި ބައްޕައާ ބައްދަލުކޮށްފި

15 ނޮވެމްބަރ 2023

ކޮލަމްބިއާ (ނޮވެމްބަރު 15) - ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތަކުން ރަހީނުކުރި، ލިވަޕޫލްގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލިތާ ހަތަރު ދުވަސް ފަހުން އިއްޔެ، ޑިއާޒް އޭނާގެ ބައްޕައާ ބައްދަލުކޮށްފި އެވެ.

ކޮލަމްބިއާ (ނޮވެމްބަރު 15) - ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތަކުން ރަހީނުކުރި، ލިވަޕޫލްގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލިތާ ހަތަރު ދުވަސް ފަހުން އިއްޔެ، ޑިއާޒް އޭނާގެ ބައްޕައާ ބައްދަލުކޮށްފި އެވެ.

އިންޓަނޭޝަނަލް ބްރޭކާ އެކު ޑިއާޒް އިއްޔެ ކޮލަމްބިއާއަށް ދިޔައީ ވޯލްޑް ކަޕް ކޮލިފައިންގައި ހުކުރު ދުވަހުގެ ފަތިހު ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމާ ގުޅޭށެވެ. މިއާ އެކު ކޮލަމްބިއާގައި ލުއިޒް ވަނީ ރަހީނުކުރި ފަހުން ފުރަތަމަ ފަހަރަށް އޭނާގެ ބައްޕައާ ބައްދަލުކޮށްފަ އެވެ.

ޑިއާޒްގެ ބައްޕަ، ލުއިސް މެނުއެލް ޑިއާޒް އާއި މަންމަ، ސިލެނިސް މަރުލާންޑާ ރަހީނުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެނެޒުއޭލާ ބޯޑަރު ކައިރީ، އެމީހުން ނިސްބަތްވާ ބެރެންކާސް ސަރަހައްދުގެ ގޭސް ސްޓޭޝަނެއްގެ ތެރެއިންނެވެ. ރަހީނު ކުރިތާ އިރުކޮޅެއް ފަހުން ޑިއާޒްގެ މަންމަ ސަލާމަތްކުރި ނަމަވެސް އޭނާގެ ބައްޕަ ހޯދަން ގިނަ ދުވަސްތަކެއް ފުލުހުން ހޭދަކުރި އެވެ.

ކޮލަމްބިއާގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ގުރޫޕް، ނެޝަނަލް ލިބަރަލް އާމީ (އީއެލްއެން) އިން ހާމަކުރި ގޮތުގައި ޑިއާޒްގެ ބައްޕަ ރަހީނުކުރެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެ ގުރޫޕުގެ އެންމެ އިސް ފަރާތުން އޭނާ މިނިވަން ކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް އެ ގުރޫޕުން ބުންޏެވެ.

ޑިއާޒްގެ މަންމަ އާއި ބައްޕަ ރަހީނުކުރި މައްސަލައިގައި ޝައްކު ކުރެވޭ ހަތަރު މީހަކު ފުލުހުން ވަނީ މިދިޔަ ހަފްތާ ބަންދުގައި ހައްޔަރުކޮށްފަ އެވެ.

ޑިއާޒްގެ ބައްޕަ އަކީ އޭނާ ނިސްބަތްވާ ބެރެންކާސް ސަރަހައްދުގެ ހަމައެކަނި ފުޓްބޯޅަ އެކަޑަމީގެ ފައުންޑާ އަދި ކޯޗެވެ. ޑިއާޒްގެ ފުޓްބޯޅައިގެ ހުނަރު ފައްކާކޮށް ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ ވެސް އޭނާގެ ބައްޕަގެ ބޮޑު ސަޕޯޓަކާ އެކު އެވެ.

ކޮލަމްބިއާ ގައުމީ ޓީމަށް މިހާތަނަށް 43 މެޗު ކުޅެދީ ނުވަ ގޯލު ޖަހައިފައިވާ ޑީއާޒް، ޕޯޗުގަލްގެ ޕޯޓޯ ދޫކޮށް 2021 ވަނަ އަހަރު އިންގްލެންޑުގެ ލިވަޕޫލަށް ވަދަލުވީ 60 މިލިއަން ޔޫރޯގެ ޓްރާންސްފާ އަގަކަށެވެ.