Roadha Mihaaru
ލިވަޕޫލްގެ ލުއިސް ޑިއާޒްގެ މައިންބަފައިން ރަހީނުކޮށްފި

ލިވަޕޫލްގެ ލުއިސް ޑިއާޒްގެ މައިންބަފައިން ރަހީނުކޮށްފި

30 އޮކްޓޯބަރ 2023

އޮގޯޓާ (އޮކްޓޯބަރު 30) - ލިވަޕޫލްގެ ފޯވާޑް ލުއިސް ޑިއާޒްގެ މައިންބަފައިން، އޭނާގެ އަމިއްލަ ގައުމު ކޮލަމްބިއާގައި ރަހީނު ކޮށްފި އެވެ.

އޮގޯޓާ (އޮކްޓޯބަރު 30) - ލިވަޕޫލްގެ ފޯވާޑް ލުއިސް ޑިއާޒްގެ މައިންބަފައިން، އޭނާގެ އަމިއްލަ ގައުމު ކޮލަމްބިއާގައި ރަހީނު ކޮށްފި އެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ އެ ގައުމުގެ ފުލުހުން ޑިއާޒްގެ މަންމަ މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. ބައްޕަ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ގެންދަނީ ކުރަމުންނެވެ.

އެ ދެމަފިރިން ރަހީނުކޮށްފައި ވަނީ އެ ގައުމުގެ އުތުރު ސަރަހައްދުންނެވެ. އުތުރުގެ ލާ ގުއާޖިރާ ޕްރޮވިންސްގެ މުނިސިޕަލްޓީއެއް ކަމަށްވާ ބާރަންކާސްގައި ތަހުގީގީ ޓީމަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ގައުމުގެ ބަންޑާރަނައިބު އޮފީހުން ބުންޏެވެ.

ޑިއާޒްގެ މަންމަ ސިލެނިސް މާއުލަންޑާ ސަލާމަތް ކުރިކަން ކަށަވަރުކޮށްދީ، ފުލުހުން ޑިރެކްޓަރު ވިލިއަމް ރެނޭ ސަލާމަންކާ ވަނީ ވީޑިއޯ ކޯލެއް މެދުވެރިކޮށް އޭނާ އާ ވާހަކަ ދައްކަފައި އެވެ. އެ ކޯލްގައި ސަލާމަންކާ ވިދާޅުވީ ޑިއާޒްގެ ބައްޕަ ހޯދުމަށް ހުރިހާ އެޖެންޓުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

ޑިއާޒް، 26، ގެ މައިންބަފައިން ރަހީނުކޮށްފައި ވަނީ އެ ދެމަފިރިން ވެހިކަލްގައި ގެއަށް ދަނިކޮށް، ބަޑިހިފައިންގެ ސައިކަލެއް ދުއްވާފައި ދިޔަ މީހަކު އެ މީހުންނަށް މަޖުބޫރުކޮށްގެން ވެހިކަލް އެހެން ދިމާލަކަށް ގެންގޮސްގެން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗަށް ވަގުތު ކައިރިވެފަިއ ވަނިކޮށް، ޑިއާޒްގެ އާއިލާ އަށް އެކަން ދިމާވުމުން، އޭނާ ސްކޮޑުން އުނިކޮށް އާއިލާ އަށް ވަގުތު ހުސްކުރުމުގެ ފުރުސަތު ލިވަޕޫލުން ތަނަވަސްކޮށް ދިނެވެ.