ލިވަޕޫލް (އޮގަސްޓް 16) - މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ފަހު ވަގުތު ލަނޑުޖަހައި 4-2 އިން ބޯންމަތު ބަލިކޮށްފި އެވެ.
ލިވަޕޫލް (އޮގަސްޓް 16) - މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ފަހު ވަގުތު ލަނޑުޖަހައި 4-2 އިން ބޯންމަތު ބަލިކޮށްފި އެވެ.
ލިވަޕޫލުން ވަނީ އަލަށް ގެނައި ހަތަރު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. އެއީ ބޯންމަތުން ގެނައި ވާތު ބެކް މިލޯސް ކާކޭޒް އާއި އެއިންޓްރަކް ފްރޭންކްފާޓުން ގެނައި ފޯވާޑް ހޫގޯ އެކިޓީކޭގެ އިތުރުން ބެޔާ ލެވަކޫސަން އިން ގެނައި ކަނާތު ބެކް ޔެރެމީ ފްރިމްޕޮންގް އާއި މިޑްފީލްޑަރު ފްލޯރިއަން ވިއެޓްޒް އެވެ.
ކިއޭސާ ލިވަޕޫލް މޮޅު ކޮށްދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރަތަމަ 30 މިނިޓު ހަމަނުވަނީސް، ބޯންމަތުގެ ފޯވާޑް އެންޓޮއިން ސެމެންޔޯއާ، ލިވަޕޫލްގެ ސަޕޯޓަރަކު ނަސްލީގޮތުން ދިމާކޮށްލުމުން ރެފްރީ ވަނީ ދެ ޓީމުގެ ކޯޗުންނަށް އެކަން އޮޅުންފިލުވައިދިނުމަށް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފަ އެވެ. އަދި މި ހާފު ނިންމާލީ 37 ވަނަ މިނިޓުގައި އެކިޓީކޭ ޖަހައިދިން ގޯލުން ލިވަޕޫލް ކުރީގައި އޮވެ އެވެ.
ސެމެންޔޯ (ވ) ބޯންމަތަށް ފުރަތަމަ ލަނޑު ޖެހުމަށް ފަހު. ބޯންމަތުގެ ދެ ލަނޑު ވެސް ޖެހީ އޭނާ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފު ފެށިގެން މާ ގިނައިތެއް ނުވެ އެކިޓީކޭގެ އެހީއާ އެކު ކޯޑީ ގަކްޕޯ ލިވަޕޫލަށް ލީޑު ފުޅާ ކޮށްދިން ނަމަވެސް، ލިވަޕޫލުން ދެ ފުލްބެކުން ބަދަލު ކޮށްލުމާ އެކު ބޯންމަތުން ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ. މެޗުގެ 64 އަދި 77 ވަނަ މިނިޓުގައި ބޯންމަތަށް ލަނޑުތައް ޖަހައިދިނީ ސެމެންޔޯ އެވެ.
ލިވަޕޫލް އަލުން ލީޑު ނެގީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް، ފެޑެރިކޯ ކިއޭސާ ޖެހި ގޯލުންނެވެ. ކުޅެން ނުކުތްތާ ކުޑަ އިރުކޮޅެއްތެރޭ ކިއޭސާ ޖެހި މި ލަނޑަކީ މިދިޔަ ސީޒަނުގައި ލިވަޕޫލާ ގުޅުނު ފޯވާޑް ލީގުގައި ޖަހައިދިން ފުރަތަމަ ލަނޑެވެ. އަނިޔާ އާއި ފިޓްނެސްގެ މައްސަލައިގައި މިދިޔަ ސީޒަންގައި އޭނާއަށް ކުޅުމުގެ މާ ގިނަ ފުރުސަތެއް ލިބިފައެއް ނުވެ އެވެ.
ސަލާހު ލިވަޕޫލްގެ ފަހު ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓުގައި ލިވަޕޫލްގެ ފަހު ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހެވެ. މިއީ ލިވަޕޫލްގައި އޭނާ ކުޅޭ ނުވަ ވަނަ ސީޒަންގެ ތެރެއިން ލީގުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހި އަށް ވަނަ ފަހަރެވެ. އޭނާއަށް ލަނޑު ނުޖެހުނީ 2023/2024 ސީޒަނުގައި ކުރީގެ ކްލަބް ޗެލްސީއާ ކުޅެ އެއްވަރުވި މެޗުގަ އެވެ. ނަމަވެސް އޭނާ ވަނީ ލިވަޕޫލުން އެ މެޗުގައި ލުއިސް ޑިއާޒް ޖެހި ލަނޑު އެސިސްޓް ކޮށްދީފަ އެވެ.
ރެކޯޑް ނަތީޖާއަކާއެކު ލިވަޕޫލަށް ސީޒަންގެ ފުރަތަމަ މޮޅު
ލިވަޕޫލް ފުރުސަތު ގެއްލުވާލިއިރު ޗެލްސީ ފަސް ވަނަ އަށް
ޔުނައިޓެޑަށް މޮޅެއް، ލިވަޕޫލުން އާސެނަލް ބަލިކޮށްފި
ރޮބީނިއޯގެ ދަރިފުޅަށް އިނގިރޭސި ކްލަބްތަކުގެ ޝައުގު
ކްރިސްޓަލް ޕެލަސްގެ ކެޕްޓަން ލިވަޕޫލަކަށް ނުގެންދެވުނު
ސޮބޮސްލާއީ ޖެހީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ފްރީކިކް؟
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަލާހަށް
އާސެނަލް ފަހަތުން އަރައި ލީގު ޗެމްޕިއަނުން ހުއްޓުވައިފި
ލިވަޕޫލް 20 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ބޭނުމީ ޕޮއިންޓެއް