ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތު އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ފެށުން ރަނގަޅުކުރިއިރު، ލިވަޕޫލުން ފަހަތުން އަރައި 4-3 އިން އާސެނަލް ބަލިކޮށްފި އެވެ.
14 އޯގަސްޓް 2016
ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބޯންމައުތު އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ފެށުން ރަނގަޅުކުރިއިރު، ލިވަޕޫލުން ފަހަތުން އަރައި 4-3 އިން އާސެނަލް ބަލިކޮށްފި އެވެ.
ބޯންމައުތު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑުގެ ލަނޑުތައް ކާމިޔާބުކުރީ ހުއާން މަޓާ އާއި ކެޕްޓަން ވޭން ރޫނީގެ އިތުރުން ޒަލަޓާން އިބްރަހިމޮވިޗެވެ. މިއީ އިބްރަހިމޮވިޗް ޔުނައިޓެޑަށް ޖަހައިދިން ދެ ވަނަ ލަނޑެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ޗެރިޓީ ޝީލްޑް މެޗުގައި ލެސްޓާ ސިޓީ ކޮޅަށެވެ.
ބޯންމައުތުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑަމް ސްމިތު އެވެ. މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން، ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑަށް ސޮއިކުރި ޕައުލް ޕޮގްބާ ނުކުޅެ އެވެ.
އަނިޔާގެ ސަބަބުން އާސެނަލް މިރޭގެ މެޗަށް ނުކުތީ މުހިއްމު ކުޅުންތެރިން ކަމަށްވާ ޕާ މަޓެސެކާ، ގަބްރިއެލް ޕައުލިސްޓާ، ލައުރެންޓް ކޮޝިއެލްނީ، އޮލިވިއޭ ޖިރޯ އަދި މެސުޓް އޮޒިލް ނުލަ އެވެ. އެހެން ނަމަވެސް ތިއޯ ވޮލްކޮޓް މެޗުގެ 31 ވަނަ މިނިޓްގައި ޖެހި ލަނޑުން އާސެނަލް ވަނީ ލީޑު ނަގައިފަ އެވެ. ވޮލްކޮޓް އޭގެ މިނިޓެއް ކުރިން ފޮނުވާލި ޕެނަލްޓީ ލިވަޕޫލް ކީޕަރު ސިމޮން މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ
ބޯންމައުތުގެ އާޓާ (ވ) ކައިިރިން ޔުނައިޓެޑްގެ އިބްރަހިމޮވިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލަށް ހާފް ނިމުމުގެ ކުރިން އެއްވަރުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ފިލިޕޭ ކޯޓީނިއޯ އެވެ. ދެ ވަނަ ހާފް ފެށިގެން ލިވަޕޫލުން މެޗުގެ ކޮންޓްރޯލް ހޯދައިގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ވަނީ ދެ ވަނަ ހާފްގެ ފުރަތަމަ 20 މިނިޓް ތެރޭ ތިން ލަނޑު ޖަހައިފަ އެވެ.
މެޗުގެ 49 ވަނަ މިނިޓްގައި އެޑަމް ލަލާނާ ލިވަޕޫލަށް ލީޑު ނަަގައިދިންއިރު، އޭގެ ހަ މިނިޓް ފަހުން ކޯޓިނީއޯ ވަނީ ތިން ވަނަ ލަނޑު ޖަަހައިފަ އެވެ. ހެޓްރިކެއް ހަދަން ކޯޓީނިއޯ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ އާސެނަލް ކީޕަރު ޕެޓަ ޗެކް މަތަކުރި އެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 63 ވަނަ މިނިޓްގައި ޖެހީ މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ފޯވާޑް ސަޑިއޯ މާނޭ އެވެ. އާސެނަލް ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު މާނޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މާނޭ ލަނޑު ޖެހިތާ އެއް މިނިޓް ފަހުން އާސެނަލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ. އަދި މެޗު ނިމެން 15 މިނިޓަށް ވެފައިވަނިކޮށް އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކަލުމް ޗެމްބާސް އެވެ. އޭނާ މި ލަނޑު ޖެހީ ސަަންޓި ކަޒޯލާގެ ހިލޭ ޖެހުމަކުން ބޮލުންނެވެ.
މިއީ ޕްރިމިއާ ލީގުގެ ފުރަތަަމަ މެޗުން އާސެނަލް ޖެހިޖެހިގެން ބަލިވި ދެ ވަނަ ސީޒަނެވެ. މިިދިޔަ ސީޒަނުގައި އެ ޓީމު ވަނީ 2-0 އިން ވެސްޓް ހޭމް އަތުން ބަލިވެފަ އެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
މުހިއްމު މޮޅަކާ އެކު ލިވަޕޫލަށް ޔޫރަޕްގެ ރެކޯޑެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ފަހަތުން އަރައި މޮޅުވެ ލިވަޕޫލް ލީޑު ދަމަހައްޓައިފި
އާސެނަލް ބަލިކޮށް ލިވަޕޫލަށް ތިން ޕޮއިންޓުގެ ލީޑެއް