Roadha Mihaaru
އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު އަލުން ބީލަމަށް

އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު އަލުން ބީލަމަށް ހުޅުވާލައިފި

08 ފެބުރުއަރީ 2017

އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން، އަލަށް ހަދާ މަގުތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ބީލަން ބާތިލް ކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން، އަލަށް ހަދާ މަގުތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ބީލަން ބާތިލް ކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޑިޒައިން ބިލްޑް-ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫގެ މަގުތައް ކުރިއަށް ގެންދާ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން 1،500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައި ގަންނާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

ފިނޭންސުން ބުނީ މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 700،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 148 ދުވަސް ކަމަށެވެ.

ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28 ގަ އެވެ.