20 އޮކްޓޯބަރ 2023
ގާޒާ (އޮކްޓޯބަރު 20) - ދިރިހުރިކަން ގާޒާގެ މީހުންނަށް މިހާރު ކަށަވަރު ވަނީ ބޮމުގެ އަޑު އިވުމުން ކަމަށް އެ ސިޓީގެ ޓީޗަރަކު ބުނެފި އެވެ.
ގާޒާ (އޮކްޓޯބަރު 20) - ދިރިހުރިކަން ގާޒާގެ މީހުންނަށް މިހާރު ކަށަވަރު ވަނީ ބޮމުގެ އަޑު އިވުމުން ކަމަށް އެ ސިޓީގެ ޓީޗަރަކު ބުނެފި އެވެ.
އީމާން ބާޝިރަކީ ގާޒާގައި އދ. އިން ހިންގާ ސްކޫލެއްގެ އިނގިރޭސި ޓީޗަރެކެވެ. ފަލަސްތީނުގެ މިޑްލް އީސްޓް މޮނިޓާ ނޫހުން ގެނެސްދިން ހާއްސަ ކަވަރޭޖަކަށް ދިން އިންޓަވިއުއެއްގައި އީމާން ބޫނީ އޭނާގެ ދަރިފުޅު އިތުރަށް ބިރު ގަންނާނެ ސަބަބެއް ދެން ނެތް ކަމަށެވެ.
"އަހަރެމެން ދިރިތިބިކަން ކަށަވަރު ވަނީ ބޮމުގެ އަޑުފައްގަނޑު އަހަރެމެންނަށް އިވުމުން،" މިއަދު އާންމު ކުރަން ހަމަޖެހިފައިވާ އިންޓަވިއުގައި އޭނާ ބުންޏެވެ.
އީމާން ބުނީ ބޮން އެޅުމުން އުޑުމަތީގައިވާ އުފެދޭ އަލިތަކާއި އަޑުތައް އިވުމުން އެއީ ހަވާ އަރުވުން ކަމަށް ދަރިފުޅު ކައިރީ ބުންޏަސް މިހާރު ގަބޫލު ނުކުރާ ކަމަށެވެ.
Join us today, 3PM GMT!
— Middle East Monitor (@MiddleEastMnt) October 20, 2023
'If we can hear the bombs, we are alive': MEMO in Conversation with Eman Basher
Eman Basher is no longer able to convince her son that the lights and sounds in the sky are just fireworks and there is no reason for him to be scared. pic.twitter.com/napeBNrED6
"އަހަރެންގެ ދަރިފުޅު އިތުރަށް ބިރުގަންނަންވީ ސަބަބެއް މިހާރަކު ނެތް،" އޭނާ ބުންޏެވެ.
ގާޒާގެ އުތުރު ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގެތައް ފުނޑުފުނޑުވުމުން އެތައް ބަޔަކު ވަނީ ސްކޫލްތަކުގެ އިމާރާތްތަކުން ހިމާޔަތް ހޯދަން ގާޒާގެ ސްކޫލްތައް ހިޔާވައްސެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފަ އެވެ.
ސްކޫލްތައް ހިޔާވަހިގެ ގޮތުގައި ބޭނުން ކުރަން ފެށުމުން އިޒްރޭލްގެ ސިފައިން ވަނީ އީމާން މަސައްކަތް ކުރާ ޔޫއެންގެ ސްކޫލަށް ވެސް ހަމަލަ ދީފަ އެވެ. އެ ހަމަލާގައި މަރުވީ ކިތައް މީހުން ކަމެއް ސާފެއް ނުވެ އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ 24 ގަޑިއިރު ތެރޭ ވެސް އިޒްރޭލްގެ ހަމަލާތަކުގައި 369 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެކުނު ގާޒާ އިން މަރާލި 81 މީހުން ވެސް ހިމެނެ އެވެ. ދެކުނު ގާޒާ އަކީ އިޒްރޭލުން ހަމަލާ ނުދޭނެ ކަމަށް ކުރިން ބުނި ސަރަހައްދެވެ.
ހަނދުފަޅި އާއި ސޮލީބުގެ ހަނގުރާމަ ފަށަންވީތޯ ސުވާލެއް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނާނީ ކިހިނެއް؟
އިޒްރޭލްގެ 250 އަސީރުން އަތުލައިގެންފިން: ހަމާސް
ގާޒާގެ މިލިއަން މީހުން ގެދޮރުދޫކޮށް ދާން 24 ގަޑިއިރު
އިޒްރޭލްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިން ގިނަ
ގިނަ އަދަދަކަށް އިޒްރޭލްގެ ސިފައިން އަތުލައިގެންފި
ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު
ޣައްޒާގެ ހަމަލާތަަކަށް 100 ދުވަސް، ދުނިޔެ ކުޅިބަލަން
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު