Roadha Mihaaru
ގިނަ އަދަދަކަށް އިޒްރޭލްގެ ސިފައިން އަތުލައިގެންފި

އެކަށީގެންވާ އަދަދަކަށް އިޒްރޭލްގެ ސިފައިން އަތުލައިގެންފިން: ހަމާސް

08 އޮކްޓޯބަރ 2023

ގާޒާ (އޮކްޓޯބަރު 7) - އެކަށީގެންވާ އަދަދަކަށް އިޒްރޭލުގެ ސިފައިން މިއަދު އަތުލައި ގަނެފައިވާ ކަމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފި އެވެ.

ގާޒާ (އޮކްޓޯބަރު 7) - އެކަށީގެންވާ އަދަދަކަށް އިޒްރޭލުގެ ސިފައިން މިއަދު އަތުލައި ގަނެފައިވާ ކަމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފި އެވެ.

މިއަދު ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ދެ ފަރާތުގެ ދެމެދުގައި މިހާރު ހުޅުފަޅައިގެން ގޮސްފައިވާ ހަނގުރާމައިގައި 300 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 1،000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ހަމަލާތައް ދިނުމުގެ އިތުރަށް އިޒްރޭލާއި ހަމާސް އިން ވެސް ދަނީ ދެ ފަރާތުގެ އަސްކަރީ މީހުން އަތުލައި ގަންނަމުންނެވެ

ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވީ، އިޒްރޭލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މީހުން މިނިވަން ކުރަން ޑިމާންޑް ކުރެވޭ ވަރަށް، އެ ގުރޫޕުން އިޒްރޭލުގެ ސިފައިން އަތުލައިގަނެގެން ގާޒާ އަށް ގެންގޮސްފައިވާ ކަމަށެވެ.

"އިޒްރޭލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު އަހަރެމެން މަރާލިން އަދި ސިފައިންގެ ތެރެއިން އެތައް ބަޔަކު އަތުލައި ވެސް ގަނެވުނު. އަދިވެސް ހަނގުރާމަ ކުރިއަށް އެބަދޭ،" ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޑެޕިއުޓީ ޗީފް ސާލިހް އަލް އަރޫރީ އަލްޖަޒީރާ އަށް ވިދާޅުވި އެވެ.

"[އިޒްރޭލުގެ] ޖަލުތަކުގައި ތިބި އަހަރެމެންގެ ގައިދީންގެ މިނިވަންކަން ވަރަށް ބޮޑު. އަހަރެމެން އަތުގައި އޮތް އެއްޗަކުން ހުރިހާ ގައިދީން މިނިވަން ވެގެން ދާނެ. ހަނގުރާމަ ދިގުވާ ވަރަކަށް އަތުލައިގަނެވޭ ސިފައިންގެ އަދަދު ވެސް އިތުރުވާނެ."

އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިޒްރޭލްގެ ޖަލުތަކުގައި ފަލަސްތީނުގެ 5،200 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި 33 އަންހެނުންނާއި 170 އަށް ވުރެ ގިނަ އުމުރުން ހަގު ޒުވާނުން ހިމެނެ އެވެ. ޝަރީއަތަކާ ނުލައި ބަންދުކޮށްފައިވާ 1،200 މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ހަމާސް އިން އަތުލައިގަތީ އިޒްރޭލުގެ ކިތައް ސިފައިން ކަމެއް ހާމައެއް ނުކުރެ އެވެ. އެސޯސިއޭޓެޑް ޕްރެސްއިން ބުނީ ސިފައިންގެ އިތުރުން އިޒްރޭލުގެ ބައެއް އާންމުން ވެސް ހަމާސް އިން އަތުލައިގަތް ކަމަށެވެ.