Roadha Mihaaru
ހަނދުފަޅި އާއި ސޮލީބުގެ ހަނގުރާމަ ފަށަންވީތޯ ސުވާލެއް

އުރުދުޣާންގެ އިންޒާރެއް ހުޅަނގަށް: ހަނދުފަޅި އާއި ސޮލީބާ ދެމެދު އަލުން ހަނގުރާމަ ފަށަންވީތަ؟

28 އޮކްޓޯބަރ 2023

އިސްތަބޫލް (އޮކްޓޯބަރު 27) - ހަނދުފަޅި އާއި ސޮލީބާ ދެމެދު އަލުން ހަނގުރާމަ ފަށަން ހުޅަނގުން ބޭނުންވަނީތޯ ސުވާލު އުފައްދައި ތުރުކިޔޭގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ހުޅަނގުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އިސްތަބޫލް (އޮކްޓޯބަރު 27) - ހަނދުފަޅި އާއި ސޮލީބާ ދެމެދު އަލުން ހަނގުރާމަ ފަށަން ހުޅަނގުން ބޭނުންވަނީތޯ ސުވާލު އުފައްދައި ތުރުކިޔޭގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ހުޅަނގުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

"ފަލަސްތީނު ބޮޑު ބައްދަލުވުން" ގެ ނަން ދީ، އިސްތަންބޫލްގައި ފަލަސްތީނަށް ތާއީދުކޮށް މިއަދު ބޭއްވި އެއްވުމުގައި އުރުދުޣާން ވިދާޅުވީ އިޒްރޭލުން ގާޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ "ގަތުލުއާންމު" ގެ ފަހަތުގައި އޮތް މައި ކުށްވެރިޔަކީ ހުޅަނގުގެ ބާރުތައް ކަމަށެވެ.

"ހުޅަނގުގެ ބާރުތަކުގެ ކައިރީގައި އަހަރެން އަހާލަން ބޭނުން ސޮލީބީ ހަނގުރާމައިގެ ހާލަތެއް އަލުން ގެންނަން ހުޅަނގުން ބޭނުންވަނީތޯ. ގާޒާގައި ހިނގަމުންދާ ގަތުލުއާންމުގެ މައިގަނޑު ކުށްވެރިއަކީ ހުޅަނގު. ވަކިކޮޅަކަށް ނުޖެހި ބަލައިފި ނަމަ ވެސް ގާޒާގައި ހިންގާ ގަތުލުއާންމަކީ މުޅިން ވެސް ހުޅަނގުގެ މަސައްކަތެއްކަން އެނގޭނެ،" ގާތްގަނޑަކަށް 1.5 މިލިއަން މީހުން ހާޒިރުވި އެއްވުމުގައި އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގައި މިއަދު ބޭއްވި އެއްވުން

ތުރުކީގައި މިއަދު ބޭއްވި އެއްވުން

ފަލަސްތީނަށް ތާއީދު ހޯދުމަށް ދުނިޔޭގެ ވެރިންގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ލީޑަރުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އުރުދުޣާން ވިދާޅުވީ ޔޫކްރޭން އާއި ރަޝިޔާ ހަނގުރާމައިގައި މަރުވި އާންމުންނަށްޓަކައި ކަރުނަ އޮހޮރުނު ލޯތަކަށް ގާޒާގައި އެތައް ހާސް މައުސޫމް ކުޑަކުދިންނެއް މަރުވަމުންދާ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން ތިބުމުން ހައިރާންވާ ކަމަށެވެ.

ތުރުކީގައި މިއަދު ބޭއްވި އެއްވުމުގައި އެތައް ލައްކަ ބަޔަކު ބައިވެރިވަނީ

އޭނާ ވިދާޅުވީ ހަމާސް އަކީ ޓެރަސްރިސްޓް ޖަމާއަތެއް ނޫން ކަމަށް އޭނާ ވިދާޅުވުމުން އިޒްރޭލްގެ މޭ ކަރައިގެން ދިޔަކަން އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އިޒްރޭލަކީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ތުރުކިޔޭ އިން މުޅި ދުނިޔެ އަށް ބުނެދޭނެ ކަމަށް ފަލަސްތީނާއި ތުރުކިޔޭގެ ދިދަތައް ވިހުރުވަމުން ދިޔަ އެއްވަމުގައި ހުރެ އުރުދުޣާން ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާއަށް ކެނޑިނޭޅި ބޮން އަޅަމުން ދާއިރު އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފަ އެވެ. އެތަނުން ކަރަންޓާއި ފެނާއި މުއާސަލާތީ ހިދުމަތް ވެސް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ކެނޑިފަ އެވެ. އެކަމަކު ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އިޒްރޭލުން މަސައްކަތްކުރަނީ އަމިއްލަ ދިފާއުގައި ކަމަށް ބުނަމުންނެވެ.