Roadha Mihaaru
އިޒްރޭލްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިން ގިނަ

އިޒްރޭލްގެ ހަމަލާތަކުގައި ޝިކާރައަކަށްވާ ކުޑަކުދިންގެ އަދަދު ގިނަ: ޔުނިސެފް

13 އޮކްޓޯބަރ 2023

ގާޒާ (އޮކްޓޯބަރު 13) - ގާޒާގެ ސަރަހައްދުތަކަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ގިނަ އަދަދަކަށް ކުޑަކުދިން ޝިކާރައަކަށް ވެފައިވާކަމަށް ޔުނިސެފުން ބުނެފި އެވެ.

ގާޒާ (އޮކްޓޯބަރު 13) - ގާޒާގެ ސަރަހައްދުތަކަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި ގިނަ އަދަދަކަށް ކުޑަކުދިން ޝިކާރައަކަށް ވެފައިވާކަމަށް ޔުނިސެފުން ބުނެފި އެވެ.

އިސްރާއީލުން ގާޒާ އަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 1،537 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދަކީ 6،612 އެވެ.

ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އދ. ގެ ޖަމިއްޔާ ޔުނިސެފުން ބުނީ، އިޒްރޭލްގެ ހަމަލާތަކުގައި މަރުވި އަދި ޒަހަމްވި މީހުންގެ ބޮޑު ޕަސަންޓަކީ ކުޑަކުދިން ކަމަށެވެ.

"ގާޒާ އިން ފެންނަ މަންޒަރުތަކުން އަހަރެމެންނަށް ބިރުވެރިކަން ލިބޭ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ،" އެކްސްގައި ޔުނިސެފުން ކުރި ޕޯސްޓްގައި ވެ އެވެ.

"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ހަމަނުޖެހުންތައް ވަގުތުން ހުއްޓާލަން ޖެހޭ،"

ގާޒާ އިން މިހާތަނަށް 447 ކުޑަކުދިން އަދި 248 އަށް ވުރެ ގިނަ އަންހެނުން ވަނީ މަރުވެފަ އެވެ.

ހަމާސް އިން ދެމުންގެންދާ ހަމަލާތަކުގައި އިޒްރޭޅްގެ 1،300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. މިދިޔަ ހޮނިހިރު ދުވަހު ފެށި ހަނގުރާމަ އަށް ހަފުތާއެއް ވެގެން ދިޔައިރު ވެސް މަސްރަހަަށް ފިނި ކަމެއް އަންނަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ނުފެނެ އެވެ.