އެ މަނިކުފާނަކީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވާ ސަރުކާރުގެ ބައިވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
04 އޮކްޓޯބަރ 2023
އެ މަނިކުފާނަކީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވާ ސަރުކާރުގެ ބައިވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގެ ތެރެއިން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަންނަން އުޅޭ ސަރުކާރާ މެދު ނުބައި ތަސައްވުރެ އުފެއްދުމަށް މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނަށް މެސެޖު ކުރައްވައި މަސައްކަތް ކުރައްވާ ކަމަށެވެ.
"ބައެއް ވަޒީރު ބޭފުޅުން ދުނިޔޭގެ އެކިއެކި އިތްޒަތްތެރިންނަށް ޓެކްސްޓް ކުރައްވައި އެބަ ދިވެހިރާއްޖޭގައި އުފެދެން މި އުޅޭ ސަރުކާރާއި ގުޅޭ ގޮތުން ބަދު ބަސް ބުނަމުން. ދެން މި ދެންނެވި އިއްޒަތްތެރިން އެ ޓެކްސްޓްތައް އަޅުގަނޑަށް އެބަ ފޮނުވާ ދެން އަޅުގަނޑު އެބަ ދަންނަވަން އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑު ވެސް ބައިވެރިވެއޭ," ނަޝީދު ވިދާޅުވި އެވެ.
މުއިއްޒުގެ ސަރުކާރުގައި ބައިވެރިވުން އޮތް ކަމަށް ނަޝީދުގެ އިތުރުން އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓާ އެކު ތިން ވަނަ ހޯދި ޑިމޮކްރެޓްސް އިން ޕީޕީއެމް/ޕީއެންސީ އަށާއި އެމްޑީޕީއަށް ޝަރުތުތަކެއް ހުށަހެޅި އެވެ. ޕީޕީއެމަށް ހުށަހެޅީ ސަރުކާރުގެ ހިއްސާ ދޭނެ މިންވަރު ލިޔުމުން އެންގުމަށެވެ. އަދި އެމްޑީޕީއަށް ހުށަހެޅީ ދެވަނަ ބުރުގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނެގުމަށެވެ.
އެކަމަކު ސުންގަނޑި ހަމަވިއިރު ދެ ޕާޓީން ވެސް ޖަވާބު ދީފައިނުވާތީ، ޑިމޮކްރެޓްސް އިން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
ޑިމޮކްރެޓްސް އާ އެކު ހެދި އެއްބަސްވުމަކާ ގުޅޭގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރު ހިންގުމުގެ އިސް މަގާމެއް ޑިމޮކްރެޓްސްގެ މެމްބަރަކަށް ދިނުމަށް އެއްބަސްވެފައިނުވާ ކަމަށެވެ.
ނަމަވެސް، އަތޮޅު ތެރޭގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސަރުކާރުގެ ބައެއް ވަޒީފާތައް ޑިމޮކްރެޓްސް އަށް ހާއްސަކުރަން އެއްބަސްވެފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
ނަޝީދުގެ މައްސަލަ: މުއިއްޒު ހުވާ ކުރައްވަން ހުރަސް؟
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
ނިޒާމީ ވޯޓުގެ ވާހަކަ ޑިމޮކްރެޓުން ހުއްޓާލައިފި
ހުވާކުރާ ރަސްމިއްޔާތު އެދުނު ގޮތަށް ގެންދާނަން: ނަޝީދު
އިންތިހާބީ ރައީސާއި މަޖިލިހުގެރައީސް ބައްދަލުކުރައްވައިފި
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
ބިން ހުސްކުރުން ލަސްވަނީ ކުއްޔަށް ދީފައި އޮތުމުން
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އިސް މަގާމްތައް ފުރުއްވި ބައެއް ބޭފުޅުން މަޖިލީހަށް