ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
03 އޮކްޓޯބަރ 2023
ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
އިންތިހާބީ ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށާއި އާ ސަރުކާރަށް މަޖިލިހުގެ އިދާރާ އިން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ވާހަކަ ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
އިންތިހާބީ ރައީސް މުއިއްޒު، މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމާ ސަލާން ކުރައްވާއިރު މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވައިގެން.---ފޮޓޯ: ފިޔާޒު މޫސާ| މިހާރު
އެ ޖަލްސާ، ނޮވެންބަރު 17، 2023 ވާ ހުކުރު ދުވަހު ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާ ކަމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ.
މަޖިލިހުގެ އިދާރާގައި މުއިއްޒާއި ނަޝީދު މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު މުއިއްޒު ވިދާޅުވީ، އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ސަރުކާރު އެކުލަވައިލުމާއި އެ މަނިކުފާނު ހުވާ ކުރެއްވުމާއި އަދި އެހެން ހުރިހާ މަރުހަލާއެއްގައި މަޖިލިހުގެ އިދާރާ އިން އެއްބާރުލުން ދީ، ޒިންމާދާރު ގޮތެއްގައި މަޖިލީހުގެ މި ދައުރު ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ނަޝީދު ދެއްވެވި ކަމަށެވެ.
"މެޖޯރިޓީ ލީޑަރު ވެސް މައިނޯރިޓީ ލީޑަރު ވެސް އެ ބޭފުޅުންގެ ފަރާތުން ޒިންމާދާރު އޮޕޮސިޝަނެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިއްބަވާނެ ކަމުގެ، ގައުމު މަސްލަހަތު އިސްކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.
މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީއާ އެކު، އިންތިހާބީ ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އިންތިހާބީގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ބައްދަލުވުމުގައި ވެސް އިންތިހާބީ ރައީސް މުއިއްޒު ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށްދިނުމަށް އެމްޑީޕީ އަށް ގޮވާލައްވައިފަ އެވެ.
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
ނަޝީދުގެ މައްސަލަ: މުއިއްޒު ހުވާ ކުރައްވަން ހުރަސް؟
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
އަޅުގަނޑަކީ އަންނަ ސަރުކާރުގެ ބައިވެރިއެއް: ނަޝީދު
ނިޒާމީ ވޯޓުގެ ވާހަކަ ޑިމޮކްރެޓުން ހުއްޓާލައިފި
އިންތިހާބީ ރައީސާއި މަޖިލިހުގެރައީސް ބައްދަލުކުރައްވައިފި
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
ބިން ހުސްކުރުން ލަސްވަނީ ކުއްޔަށް ދީފައި އޮތުމުން
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އިސް މަގާމްތައް ފުރުއްވި ބައެއް ބޭފުޅުން މަޖިލީހަށް