ބޮލީވުޑްގެ ތަރި، ސޯނަމް ކަޕޫރުގެ އާ ފިލްމު އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ތަރި، ސޯނަމް ކަޕޫރުގެ އާ ފިލްމު އިއުލާންކޮށްފި އެވެ.
"ބެޓުލް ފޯ ބިޓޯރާ" ކިޔާ އެ ފިލްމު އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިވެންޓެއްގަ އެވެ. އެ ފިލްމު ގެނެސްދެނީ އަންނަ އަހަރެވެ.
އެ ފިލްމަކީ އިންޑިއާގެ ވާހަކަ ލިޔުންތެރިޔާ އަނޫޖާ ޗޯހާން ހަމަ މި ނަމުގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ. ސޯނަމްގެ ކޮއްކޮ އަދި ފިލްމު ޕްރޮޑިއުސަރު ރިއާ ކަޕޫރު ވަނީ 2010 ވަނަ އަހަރު ފިލްމު ހަދަން މި ވާހަކައިގެ ރައިޓްސް ގަނެފަ އެވެ. އެކަމަކު، އެ ފިލްމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ.
އެ ވާހަކައިގައި ކިޔައިދެނީ އެނިމޭޝަން ހެދުމުގައި ކުޅަދާނަ ޒުވާން އަންހެން ކުއްޖަކަށް އިންޑިއާގެ މަޖިލިސް އިންތިހާބެއްގައި ވާދަކުރަން މަގުބޫރުވުމުން ހިނގާ ކަންތައްތަކެކެވެ.
"ސްކްރިޕްޓުގެ މަސައްކަތް އޮތީ ނިމިފައި. މިހާރު މި ހޯދަނީ ފިލްމަށް އެކްޓަރަކާއި ޑައިރެކްޓަރެއް ވެސް،" ސޯނަމް ބުންޏެވެ.
މި ފިލްމުގެ ވާހަކަ ކުރިން ދެއްކި އިރުގައި، ފިލްމުގެ ފިރިހެން ލީޑު ތަރިއަކަށް ޕާކިސްތާނުގެ އެކްޓަރު ފަވާދު ހާން ނަގަން އުޅުނެވެ. އެކަމަކު، މިހާރު އިންޑިއާގެ ފިލްމުތަކުގައި ޕާކިސްތާނުގެ ފަންނާނުން މަސައްކަތް ކުރުން މަނާކޮށްފައި ވާތީ، އޭނާ އެ ފިލްމުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
އެންމެ ބޭނުންވި ރޯލަށް އަނިލް ތައްޔާރުވަނީ
އަނިލްއާ އެކު މަސައްކަތްކުރަން ލިބުމުން ރިތިކް އުފަލުން
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ސޫރަޖްގެ ފިލްމަކަށް ސަލްމާން ހުރީ ތައްޔާރަށް
ޝަނާޔާ ނެރޭނީ ޖާންވީ ވެސް ނެރުނު ޑައިރެކްޓަރު
ފިލްމުގެ ކުރިން ސަންޖޭގެ ދަރިފުޅުގެ އިޝްތިހާރެއް
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު
ސޯނަމަށް "ބާގް މިލްކާ ބާގް" އިން ލިބުނީ 11 ރުޕީސް
ސޯނަމް ފިލްމުތަކާ ދުރުވެ އަރާމު ދިރިއުޅުމެއްގައި
ރިއާ ޕްރޮޑިއުސްކުރާ ފިލްމުގައި ކޮއްކޮ