Roadha Mihaaru
އެންމެ ބޭނުންވި ރޯލަށް އަނިލް ތައްޔާރުވަނީ

ހަޔާތުގައި އެންމެ ބޭނުންވި ރޯލަށް އަނިލް ކަޕޫރު ތައްޔާރުވަނީ

23 މާޗް 2022

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރް، ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކުރުމާ އެކު އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް، އޭނާގެ ހަޔާތުގެ އެންމެ ބޭނުންވި ރޯލަށް ތައްޔާރުވާން ފަށާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރް، ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކުރުމާ އެކު އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް، އޭނާގެ ހަޔާތުގެ އެންމެ ބޭނުންވި ރޯލަށް ތައްޔާރުވާން ފަށާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 65 އަހަރުގެ އަނިލް ކަޕޫރް އެގޮތަށް ބުނީ ކާފައަކަށް ވާތީ އެވެ. ކާފައަކަށް ވާން ކެތްމަދުވެފައިވާ އަނިލް ބުނީ އޭނާގެ ދިރިއުޅުން އެކީ ބަދަލުވާނެ ކަމަށެވެ. އަދި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ބުނެ އަނިލް ވަނީ ދަރިފުޅު ސޯނަމް އާއި އަނަންދު ދިން ޚަބަރަކީ އެންމެ އުފާވެރިއެއް ޚަބަރުގެ ގޮތުގައި ސިފަކޮށްފަ އެވެ.

ސޯނަމް އާއި ވިޔަފާރިވެރިޔާ އަނަންދު އަހޫޖާ، 2018 ވަނަ އަހަރު ކުރި ކައިވެންޏަށް ފަހު ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން މީގެ ދެ ދުވަސް ކުރިން އިއުލާންކުރީ އިންސްޓަގްރާމްގައި ޕޯސްޓްކުރި ލޯބި ފޮޓޯއަކުންނެވެ. ފިރިމީހާއާ އެކު ސޯނަމް ނަގާފައިވާ ފޮޓޯގައި، އޭނާގެ "ބޭބީ ބަމްޕް" ވަރަށް ރީއްޗަށް ފެނެ އެވެ. ފިރިމީހާގެ އުނގުގައި ސޯނަމް ބޯއަޅާލައިގެން އޮއްވައި ނަގާފައިވާ އެ ފޮޓޯ ހިއްސާކޮށް އޭގެ ކެޕްޝަނުގައި ދަރިފުޅަށް އޮތް ލޯބި ހާމަކޮށް ސޯނަމް ބުނީ ދަރިފުޅަށް މަރުހަބާ ކިޔަން ކެތްމަދުވެފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސޯނަމްގެ ބަނޑަށް މިހާރު ހަތަރު މަހެވެ.

ކައިވެންޏަށް ފަހު ލަންޑަނުގައި ފިރިމީހާއާ އެކު ސޯނަމް ދިރިއުޅެމުން އަންނަނީ ފިލްމީ މަސައްކަތްތަކާ ވެސް ދުރަށް ޖެހިލުމަށް ފަހު އެވެ.

ސޯނަމް އާއި އަނަންދު ކައިވެނިކުރީ 2018 ގެ މޭ މަހުގެ ތެރޭގައި ވަރަށް ޕްރައިވެޓް ހަފްލާއެއްގަ އެވެ. އެ ކައިވެނީގައި ބައިވެރިވީ ގާތް އެކުވެރިންނާއި އާއިލާގެ މެމްބަރުން އެކަންޏެވެ.