Roadha Mihaaru
ފޮނަދޫގައި އޮފިޝަލަކު ވޯޓުކަރުދާހުގައި ކުރެހި މައްސަލަ

ފޮނަދޫގައި އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރެހި ކަމަށް ބުނާ މައްސަލައެއްގައި ވޯޓުލުން މެދުކަނޑާލައިފި

30 ސެޕްޓެމްބަރ 2023

ލ. ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ވޯޓު ކަރުދާހެއްގައި އޮފިޝަލަކު ކުރެހި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ވޯޓުލުން މެދުކަނޑާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލ. ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ވޯޓު ކަރުދާހެއްގައި އޮފިޝަލަކު ކުރެހި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ވޯޓުލުން މެދުކަނޑާލައިފި އެވެ.

ފުލުހުން ބުނީ ވޯޓު ލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ދިމާވެގެން އުޅޭ ކަން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވެސް ކަށަވަރުކޮށްދިނެވެ.

އެ މައްސަލަ ފެންމަތިވީ އެ ފޮއްޓަށް ވޯޓު ލާން ދިޔަ މީހަކަށް ދިން ވޯޓު ކަރުދާހެއްގައި ކުރަހާފައި ހުރި ކަން އެނގިގެން އޭނާ އެ މައްސަލަ ޖެއްސުމުންނެވެ. އޭނާ ބުނި ގޮތުގައި، އޮފިޝަލުގެ ސަމާލުކަމަށް އެކަން ގެނެސް ދެ ފަހަރަށް ވޯޓު ކަރުދާސްކޮޅު ބަދަލުކުރި އިރު، ފަހުން ދިން ކޮންމެ ކަރުދާސްކޮޅެއްގައި ވެސް ހުރީ ކުރަހައިފަ އެވެ.

ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން އިންނަ ގޮޅީގެ ބޭރުގައި އެއްވެސް އެއްޗެއް ކުރަހައިފި ނަމަ އެ ވޯޓެއް ބާތިލުވާނެ އެވެ.

އީސީން އެންމެ ފަހުން ބުނި ގޮތުގައި، ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފެށިތާ ތިން ގަޑިއިރު ވީއިރު، މިހާތަނަށް 34 ޕަސެންޓް މީހުން ވަނީ ވޯޓު ލައިފަ އެވެ.