Roadha Mihaaru
އަދުރޭ މިފަހަރު ވެސް ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ

އަބްދުއްރަހީމް މިފަހަރު ވެސް ފޮނަދޫ ދާއިރާއަށް ވާދަކުރައްވަނީ

11 ޑިސެމްބަރ 2023

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމަވައިފި އެވެ.

އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ދާއިރާ ރައްޔިތުންގެ ތައީދު ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ހަމަޖެއްސެވީ ވެސް އެ ދުވަހު އެވެ.

އޭގެ ކުރިން އޭނާ ވަނީ ފޮނަދޫ ދާއިރާގެ ގޮނޑި ދެ ދައުރެއްގައި މަޖިލީހުގައި ތަމްސީލުކުރައްވާފަ އެވެ. އަދި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް ފޮނަދޫ ދާއިރާއަށް ވާދަ ކުރެއްވި އެވެ. ނަމަވެސް ކާމިޔާބެއް ނުވި އެވެ.

ކުރިން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ މެމްބަރުކަން ލިބިވަޑައިގެންފި ނަމަ މަޖިލީހުގެ ރައީސް ކަމަށް ވެސް އޭނާ ވާދަނުކުރައްވަންވީ ސަބަބެއް ވެސް ނެތެވެ.