Roadha Mihaaru
މުއިއްޒު އެދިވަޑައިގަތީ ގިނަ މީހުން ވޯޓު ލާން

މުއިއްޒު އެދިވަޑައިގަތީ މި ބުރުގައި ގިނަ މީހުން ވޯޓު ލާން ނުކުތުމަށް

30 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުންނަށް ވުރެ ގިނަ މީހުން މިހާރު ކުރިއަށް ދާ ދެވަނަ ބުރުގެ ވޯޓު ލުމުގައި ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުންނަށް ވުރެ ގިނަ މީހުން މިހާރު ކުރިއަށް ދާ ދެވަނަ ބުރުގެ ވޯޓު ލުމުގައި ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

މުއިއްޒު މިއަދު ހެނދުނު ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިލްތިމާސްކުރެއްވީ ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލާން ނުކުތުމަށެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށްފަހު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

"އަޅުގަނޑު ދަންނަވާލަން ބޭނުމީ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުން ކުރައްވައި، ވޯޓު ލައްވަ ދެއްވާށޭ. ކުރީ ފަހަރަށް ވުރެ ގިނަ ބޭފުޅުން ވޯޓު ލައްވަން. އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ލޮބުވެތި ރައްޔިތުން ވޯޓު ލާން،" މި މަހު 6 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި މުއިއްޒު ވިދާޅުވި އެވެ.

"ވަގުތު ހަމަވަނީ ފަހެއް ޖަހާއިރު، އެހެން ނަމަވެސް ވީހާ ވެސް ހެނދުނަކާ ވަޑައިގެން ކޮންމެ ބޭފުޅަކަށް ވެސް ލިބިފައިވާ ގާނޫނީ ހައްގުގެ ބޭނުންކުރައްވައި ވޯޓު ލެއްވުމަށް އެދި ދަންނަވަން ބޭނުންވަނީ."

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިނގިލީގައި ފާހަގަ ޖައްސަވަނީ-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުން ވަރަށް މަދެވެ. އެއީ ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު އެންމެ މަދުވި ފަހަރު ވެސް މެ އެވެ. އެ ބުރުގައި ވޯޓު ލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ 80 ޕަސެންޓް މީހުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިތުރު 7 ކެންޑިޑޭޓުންނާ ވާދަކުރައްވައި، ފުރަތަމަ ބުރުގައި މުއިއްޒަށް ވަނީ 46 ޕަސެންޓް ވޯޓު ލިބިވަޑައިގެންފަ އެވެ. ރައީސް އަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.