27 ސެޕްޓެމްބަރ 2023
ތަރައްގީގެ މައި ހަބެއްގެ ގޮތުގައި ކުރިއަރުވައި ތަރައްގީކުރަން ގިނަ ވައުދުތަކެއް ފުރަތަމަ ބުރުގައި ވެވަޑައިގެންފައިވާ އައްޑުއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަޑައިގެންފި އެވެ.
ތަރައްގީގެ މައި ހަބެއްގެ ގޮތުގައި ކުރިއަރުވައި ތަރައްގީކުރަން ގިނަ ވައުދުތަކެއް ފުރަތަމަ ބުރުގައި ވެވަޑައިގެންފައިވާ އައްޑުއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަޑައިގެންފި އެވެ.
ފުރަތަމަ ބުރަށް ފަހު, ކެމްޕޭނަށް މާލޭގައި މަޑުކުރެއްވުމަށް ފަހު އައްޑުއަށް ރޭ ވަޑައިގަތީ ދަންވަރު ފްލައިޓުގަ އެވެ. މާލޭގައި ރޭ ބޭއްވި ޖަގަހަ ޖަލްސާ ނިންމަވާލައްވައި އައްޑުއަށް ވަޑައިގެން އިރު، އައްޑޫގެ ކެމްޕޭން ޓީމްތަކާ މިއަދު ބައްދަލުކުރެއްވުމަށް ފަހު ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
ތިން ވަނައަށް ވަޑައިގަތުމަށް ނިންމާފައިވަނީ ގދ. ތިނަދުއަށެވެ.
ރައީސް ރޭ އައްޑުއަށް ފުރާވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ
ރައީސް މި މަހުގެ 7 ގައި ވެސް އައްޑުއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި، އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމާ އެކު ދެން އޮތް ދައުރުގައި ވެސް އެ ސިޓީއަށް ކޮށްދެއްވާނެ ކަންކަން ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހެދުމާއި 1،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމާއި ހޮސްޕިޓަލް ތަރައްގީކުރުމާއި ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ހެދުން ހިމެނެ އެވެ.
މާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި 170 އަށް ވުރެން ގިނަ ރަށަށް ވަޑައިގަތުމަށް ފަހު ދެވަނަބުރުގައި މާލޭގައި މަޑުކުރައްވައި ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތައް ކުރެއްވިފައިވާ ކަމަށެވެ. ވަކިވަކިން އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ވަގުތުން ހައްލު ހޯދައިދޭން ޖެހޭ ކަންކަމަށް ހައްލުތަކެއް ގެންނެވި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުރަތަމަ ބުރުގައި ނުވިސްނި ދިޔަ ކަންކަން ރަނގަޅުކޮށް, އެ ބައްދަލުވުންތަކާއި ކުރެވުނު މަސައްކަތުން މި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.
އައްޑު އަށް ގެނައީ މަދިރިފަނީގެ ތަރައްގީ: ތޯރިގް
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
އައްޑޫއަށްޓަކައި ރައީސް އިންތިހާބުކޮށްދީ: އަސްލަމް
އައްޑޫ ހިމެނޭ ޒައާމަތެއް ހޮވާނެކަން ކަށަވަރު: ރައީސް
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި
އެއްބުރުން އިންތިހާބު ނަގަން ގިޔަރު މަތިކޮށްލާ: ރައީސް
ތާރީހީ، އެންމެ ހޫނު މަރުހަބާ: "އައްޑޫ ރައީސާ އެކު"
ފެންނަނީ މާލެ އާއި އައްޑޫގެ މެޖޯރިޓި އޮތް ތަން:ރައީސް
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި