Roadha Mihaaru
އައްޑު އަށް ގެނައީ މަދިރިފަނީގެ ތަރައްގީ: ތޯރިގް

އައްޑު އަށް ގެނައީ މަދިރިފަނީގެ ތަރައްގީ: ތޯރިގް

04 ނޮވެމްބަރ 2023

މިދިޔަ ފަސް އަހަރު މި ސަރުކާރުން އައްޑު އަށް ގެނެސްފައި ވަނީ "މަދިރިފަނީގެ ތަރައްގީ" ކަމަށް ވިދާޅުވެ، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ އިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ރައްދު ދެއްވައިފި އެވެ.

މިދިޔަ ފަސް އަހަރު މި ސަރުކާރުން އައްޑު އަށް ގެނެސްފައި ވަނީ "މަދިރިފަނީގެ ތަރައްގީ" ކަމަށް ވިދާޅުވެ، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ އިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ރައްދު ދެއްވައިފި އެވެ.

މި މަހުގެ 17 ގައި ރައީސްކަމުގެ މަގާމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އައްޑު އަށް ކުރައްވާ ދަތުރުގައި ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ތޯރިގް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވެފަ އެވެ.

ތޯރިގް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ފަސް އަހަރުގެ ކުރީކޮޅު ވެސް އައްޑު އަށް ވަޑައިގެން ވިދާޅުވީ، އައްޑޫ ތަރައްގީ ނުވެ، މުޅި ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ. މި ފަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެސް އައްޑޫގައި އެ މަނިކުފާނު ވިދާޅުވީ، ހަމަ އެހެންކަން ތޯރިގް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އައްޑު އަށް މި ސަރުކާރުން ގެނައި ތަރައްގީ ފެންނަނީ އެ ސިޓީ އަށް ވަޑައިގަތުމުންނެވެ.

"ކޮންމެ ގެއަކުން ނުކުންނައިރު، އެ ގެގޭ ދޮރުމަތީގައި މަދިރިފެންގަނޑެއް އެބައޮތް ހަދާފައި. އެ ނޫން ތަރައްގީއެއް ރައީސް ސޯލިހަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީއަށް ގެނެވިފައެއް ނެތް،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަމައެކަނި ތަގުރީރުތައް ލިޔުއްވާ ބޭފުޅަކު ބަހައްޓަވައިގެން ވެރިކަން ކުރެއްވި ބޭފުޅަކު ވެސް ފެނުނީ މި ފަސް އަހަރުގަ އެވެ.

ހިތަދޫގައި މިއަދު ބޭއްވި ޖަލްސާގައި މެމްބަރު ތޯރިގާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) މަޝްވަރާ ކުރައްވަނީ.

ހިތަދޫގައި މިއަދު ބޭއްވި ޖަލްސާގައި މެމްބަރު ތޯރިގާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) މަޝްވަރާ ކުރައްވަނީ.

ތޯރިގް ވިދާޅުވީ، "ވަރުގަދަ ސަރުކާރެއް" ބަލިކުރުމަށް މިދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް މަސައްކަތް ކުރީ އަށެއްކަ މެމްބަރުންނާ އެކު ކަމަށާއި އަލުން ވެރިކަން ލިބި، އެ ވެރިކަން ދަމަހައްޓަން ކުރަން ޖެހެނީ ސީރިއަސް މަސައްކަތްތަކެއް ކަމަށެވެ. އެ މަސައްކަތާ ގުޅިފައިވާ އެއް ކަމަކީ ތޯރިގް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގައި އައްޑު އަށް ހާއްސަ ކޮށްފައިވާ 8 ގޮނޑި އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކުރުމެވެ.

"އަޅުގަނޑުމެން ފަސް އަހަރުގެ ތެރޭގައި މި ކުރި މަސައްކަތުގެ ފޮނި ނަތީޖާ ލިބޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ކާމިޔާބު ކޮށްގެން. އައްޑޫ ސިޓީއަކީ އެމްޑީޕީގެ އައްޑާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަކީ ތިޔަބޭފުޅުންގެ މަސައްކަތް. އުންމީދާ އެކު ކުރި މަސައްކަތުން މި އޮތީ ރިޔާސީ އިންތިހާބު ކާމިޔާބު ވެފައި،" އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ، އައްޑޫގެ 8 ގޮނޑި ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބު ކޮށްދީ، އެއީ "ވަތަނީ ފިކުރު" ގެ ތަނަކަށް ހެދުމުގެ ހިތްވަރު ހުންނަން ވާނެ ކަމަށެވެ.

ކޮންމެ ގެއަކުން ނުކުންނައިރު، އެ ގެގޭ ދޮރުމަތީގައި މަދިރިފެންގަނޑެއް އެބައޮތް ހަދާފައި. އެ ނޫން ތަރައްގީއެއް ރައީސް ސޯލިހަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީއަށް ގެނެވިފައެއް ނެތް،"--- ތޯރިގް

އޭނާ ވިދާޅުވީ، ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓް އިދިކޮޅު ނުވަތަ އެމްޑީޕީގެ ކެންޑިޑޭޓަށް މަޖިލިސް އިންތިހާބުގައި ތާއީދު ކޮށްފި ނަމަ އެ ގެއްލުވައިލަނީ ސިޔާސީ ހަޔާތް ކަމަށާއި ރައްޔިތުން އެ ކަމަށް މާފު ނުކުރާނެ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން އަންނަ އަހަރުގެ ޖެނުއަރީ 20 ގައި ބާއްވާ ޕްރައިމަރީން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ބަލިވާ ކެންޑިޑޭޓުން އެރުމަށް ތޯރިގް އެދިވަޑައިގަތެވެ.

ވެރިކަން ދެމެހެއްޓޭނީ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ހޯދައިގެން ކަމަށް ވާތީ އެ ކަން ގުޅިފައި ވަނީ ކެންޑިޑޭޓުންނާ ކަމަށް ތޯރިގް ވިދާޅުވި އެވެ.