08 ސެޕްޓެމްބަރ 2023
އައްޑޫގެ ތަރައްގީއަށްޓަކައި އައްޑޫ ރައްޔިތުން ކުރަންވީ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުން ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތަރައްގީއަށްޓަކައި އައްޑޫ ރައްޔިތުން ކުރަންވީ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުން ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކޮށްދީފައިވާ ކަންކަމާއި ކުރިއަށް އޮތް ދައުރުގައި ކޮށްދޭން މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އައްޑޫ ރައްޔިތުން ރައީސް ހޮވަން ޖެހޭ ކަމަށެވެ.
"ތިބޭފުޅުންނަށް، މި ގައުމަށް، ތިބޭފުޅުންގެ މި އައްޑޫއަށް، ތިބޭފުޅުންގެ މި ރާއްޖެއަށް ތިބޭފުޅުންގެ މި ރަށްރަށަށް ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ދެވަނަ ދައުރެއް ދެއްވުން." އޭނާ ވިދާޅުވި އެވެ.
"އިނގިރޭސިން މިތާ ތިބެގެން ކުރި ހަރަަދަށްވުރެ މާ ބޮޑެތި ހަރަދުތަކެއް މި ކުރެވުނީ މި ފަސް އަހަރު ތެރޭގައި. އެއީ އެއާޕޯޓު ތަރައްގީ ކުރުން ކަމުގައި ވިޔަސް، މިވީހާތަނަށް އައްޑޫ އެއާޕޯޓު ތަރައްގީ ކުރަން ސޮއި ކުރެވިފައި ހުރި ކަންކަމަށް ބެލިކަމުގައި ވިޔަސް. އަދި އޭރު އެއާޕޯޓުގައި އިނގިރޭސިން ބަހައްޓާފައި ހުރި އިންޖީނާއި މިހާރު މި އަޅާ އިންޖިނު ގެއާ ބައްލަވާ."
އަސްލަމް ވިދާޅުވީ އެހެން ސަރުކާރުތަކުން އައްޑޫއަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ކުރި ކަންކަން ކިރިޔާ ވެސް އަޅާކިޔޭނީ އިނގިރޭސިން އައްޑޫގައި ތިބި އިރު ކުރި ކަންތައްތަކާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އުފާވެރި އައްޑޫ" ޖަލްސާގެ ތެރެއިން: އެއްބުރުން އިންތިހާބު ކާމިޔާބުވާނެ ކަމަށް އަސްލަމް ވިދާޅުވި.-- ފޮޓޯ: އެމްޑީޕީ
ރައީސް މިރޭ ވަނީ އައްޑޫގެ ތަރައްގީއަށް ކުރިއަށް އޮތް ފަސް އަހަރު ކުރައްވާނެ ކަންކަން އިއުލާން ކުރައްވާފަ އެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ކަންކަމަކީ:
- ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ހެދުން
- އިކޯ ޓޫރިޒަމް ތަރައްގީކުރުން
- ރޭސިން ޓްރެކެއް އެޅުން
- މަގު ހެދުމާއި ބޯހިޔަވާހިކަން ހައްލު ކުރަން 1000 ފްލެޓް އެޅުން
- ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުން
- އާރްޓީއެލުން އައްޑޫ ގުޅާލުން
އަސްލަމް ވިދާޅުވީ އައްޑޫއަށް ދެން އޮތް މެނިފެސްޓޯގައި ހުރި ކަންކަން ނިމޭއިރު އައްޑޫގައި ކުރަން އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.
އަންނަ ދައުރެއްގައި އައްޑޫގެ ޓޫރިޒަމަށް ގެނެވޭ ބަދަލާއެކު އައްޑޫގެ އިގްތިސޯދު މާ ބޮޑުތަކުން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އައްޑޫގެ ތަސައްވަރު ކުރަހާ ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ކުލަ ޖެހި، އައްޑޫ މީހުންނަކީ ފަހުރުވެރި އައްޑޫ ދަރިންގެ ގޮތުގައި ތިބެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި
އައްޑޫ މެޖޯރިޓީ ލިބޭނީ ރައީސަށް: ރޮޒައިނާ
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
އައްޑޫ ހިމެނޭ ޒައާމަތެއް ހޮވާނެކަން ކަށަވަރު: ރައީސް
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި
އެއްބުރުން އިންތިހާބު ނަގަން ގިޔަރު މަތިކޮށްލާ: ރައީސް
ތާރީހީ، އެންމެ ހޫނު މަރުހަބާ: "އައްޑޫ ރައީސާ އެކު"
މެލޭޝިއާގައި ތިބި ދިވެހިންނަށް މެރަނާ ލުއިކޮށްދެނީ