18 ސެޕްޓެމްބަރ 2023
މެޑްރިޑް (ސެޕްޓެމްބަރު 18) - ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ން ރެއާލް މެޑްރިޑް މޮޅުވިނަމަވެސް އެހާ ހިތްހަމަނުޖެހޭކަން ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހާމަ ކޮށްފި އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 18) - ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ން ރެއާލް މެޑްރިޑް މޮޅުވިނަމަވެސް އެހާ ހިތްހަމަނުޖެހޭކަން ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ހާމަ ކޮށްފި އެވެ.
ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ރެއާލް އޮތީ ލަލީގާގެ ތާވަލުގެ އެއްވަނައިގަ އެވެ. އެ ފަސް މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު މޮޅުވީ ފަހަތުން އަރަ އެވެ.
ރޭ ގެ މެޗު ފަށައިގެން ފަސް މިނެޓް ތެރޭ ސޮސިއެޑާޑުން ލީޑް ނެގި އެވެ. ފަސްވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނީ އެންޑާ ބާރެނެޓްސެއާ އެވެ.
ރެއާލް އަށް ނަތީޖާ ހަމަހަމަ ކުރެވުނީ ވެސް ދެވަނަ ހާފުގަ އެވެ. އެ ހާފު ފެށުނުތަނުން ފެޑްރީކޯ ވަލްވާޑޭ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެ ޓީމު މޮޅުކޮށް ދިން ލަނޑު ހޮސެލޫ ޖެހީ 60 ވަނަ މިނެޓްގަ އެވެ.
ނަތީޖާ އަނބުރާ ލެވުނަސް އަންޗެލޮޓީގެ ވާހަކަތައް ހުރީ ޕޮޒިޓިވް ރާގެއްގައެއް ނޫނެވެ.
ރެއާލް މޮޅުކޮށްދިން ލަނޑު ޖެހައިދިން ހޮސެލޫ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
"އެއީ ވަރަށް ރަނގަޅު ކަމެއް އަހަރެމެންނަށް އެނބުރި އާދެވުން. އެކަމަކު މި މެޗުގައި ފަހުން އެ ކުރިވަރަށް މަސައްކަތް މުޅި މެޗުގައި ވެސް ކުރަން ޖެހޭ،" އަންޗެލޮޓީ ބުންޏެވެ.
"އަހަރެމެން މޮޅުވެއްޖެ. ޓީމުގައި ހުރި ހަކަތަ އާއި ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު."
ރެއާލްގެ ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށް ދިނީ ޒުވާން ޑިފެންޑަރު ފްރާން ގާސިއާ އެވެ. އަންޗެލޮޓީ ވަނީ އޭނާގެ މަސައްކަތަށް ކުޅުމަށް ތައުރީފްކޮށްފަ އެވެ.
"ކުބޯ [ފްރާން ގާސިއާ] ވަރަށް މޮޅު ކުޅުމެއް ދެއްކި އަދި ފުރަތަމަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު ދެވަނަ ހާފުގައި މޮޅު ދެ އެސިސްޓެއް ތަނަވަސްކޮށްދީ މެޗު ކާމިޔާބު ކުރުމަށް އެހީވި،" އަންޗެލޮޓީ ބުންޏެވެ.
ރެއާލް އަށް ދެން އޮނާނީ މި ހަފުތާގައި ޗެމްޕިއަންސް ލީގުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ސެންތިއާގޯ ބާނެބުއޭގައި ކުޅޭ މެޗެވެ.
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
ނަތީޖާ އަނބުރާލަން ރެއާލްގެ އުކުޅު އަންޗެލޮޓީގެ ދުލުން
ގޯލެއްނުޖެހި އެއްވަރުވެގެން ރެއާލަށް އެއްވަނަ ގެއްލިއްޖެ
އެތުލެޓިކޯ އަތުން ބަލިވުމުން ޒިންމާ ނެގީ އަންޗެލޮޓީ
"ރެއާލްގެ ސަޕޯޓަރުންގެ އަޑަށްވުރެ ގަދައަޑެއް ނާހަން"
ދެ މެޗަށް ފަހު ސްޕެނިޝް ލީގުގައި ރެއާލަށް މޮޅެއް
ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ
މެޗުން ބަލިވުން ރެފްރީ ބޮލަށް ޖެހޭކަށް ނެތް