03 ސެޕްޓެމްބަރ 2023
މެޑްރިޑް (ސެޕްޓެމްބަރު 3) - ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބެއޫ އަކީ މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ އަޑުގަދަ ސްޓޭޑިއަމް ކަމަށް އެޓީމަށް މި ސީޒަންގައި ކުޅެމުން އަންނަ އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް، 20، ބުނެފި އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 3) - ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބެއޫ އަކީ މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ އަޑުގަދަ ސްޓޭޑިއަމް ކަމަށް އެޓީމަށް މި ސީޒަންގައި ކުޅެމުން އަންނަ އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް، 20، ބުނެފި އެވެ.
އަމިއްލަ ދަނޑުގައި މެޗުގެ އިތުރު ވަގުތުގައި ގޯލު ޖަހައިގެން ރެއާލް މެޑްރިޑުން 2-1 އިން ގެޓާފޭ ބަލިކުރީ 111.2 މިލިއަން ޑޮލަރަށް ގެނައި ބެލިންގްހަމްގެ ގޯލުންނެވެ.
ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ގެޓާފޭ އިން ލީޑު ނަގާފައި ވަނިކޮށް ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ރެއާލަށް އެއްވަރު ކޮށްދިނީ ލޯނު އުސޫލުން މި ސީޒަންގައި ކުޅެމުން އަންނަ ފޯވާޑް ހޮސޭލޫ އެވެ. އޭގެ ފަހުން ޓޯނީ ކްރޫސް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެ.
މި ސީޒަންގައި ރެއާލުން އަމިއްލަ ދަނޑޫގައި ކުޅުނު ފުރަތަމަ މެޗުގައި ރެއާލް މޮޅުވި ގޯލު ބެލިންގްހަމް ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގަ އެވެ. އޭނާ ގޯލު ޖެހީ ލޫކަސް ވަސްގޭޒް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގެޓާފޭގެ ގޯލްކީޕަރު ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅަ އެއްފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.
"އެއީ ސްޓޭޑިއަމެއްގައި އަހަރެން ތަޖުރިބާކުރި އެންމެ އަޑުގަދަ ވަގުތުކޮޅު. ހަގީގަތުގައި ވެސް އަހަރެންނަށް ގަބޫލުކުރަން ދަތި. މެޗަށް ފަހު ސަޕޯޓަރުން "ހޭ ޖޫޑް" އޭ ކިޔަން ފެށުމުން ވެސް އަހަރެން ހީބިހި ނަގައިގަތް، ބޭނުންވީ ހުއްޓި ހުރެ އެ އަޑު އަހަން ހުންނަން،" މެޗަށް ފަހު ރެއާލް މެޑްރިޑް ޓީވީއާ ވާހަކަ ދައްކަމުން ބެލިންގްހަމް ބުންނެވެ.
"އަހަރެން ފަތި ހުރީ ތުރުތުރު އަޅާ ވަރުގައި. އަހަރެންނަށް އެނގޭ އަހަރެން މި ޓީމަށް ގެނައީ މިކަހަލަ ވަގުތުތަކަށް ކަން. މިކަހަލަ ވަގުތުތަކުގައި ޓީމަށް އެންމެ ފައިދާހުރި ގޮތަށް އަހަރެންނަށް ފުރުސަތުތައް ނިންމާލެވޭނެކަމަށް ގަބޫލުކުރަން."
ބެލިންގްހަމްގެ ގޯލަށް ފަހު ރެއާލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ފާއިތުވި 14 އަހަރު ރެއާލްގެ އެންމެ މުހިއްމު އެއް ސްޓްރައިކަރު ކަރީމް ބެންޒެމާ، ރެއާލް ދޫކޮށް ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް އިއްތިފާގަށް ވަނީ ބަދަލުވެފަ އެވެ. މި ސީޒަނުގައި މިހާތަނަށް ރެއާލުން ލީގުގައި ހަތަރު މެޗު ކުޅެފައި ވާއިރު، އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ފަސް ގޯލު ކާމިޔާބުކުރި ބެލިންގްހަމް އެވެ. ކޮންމެ މެޗެއްގައި ވެސް އޭނާ އަންނަނީ ގޯލު ޖަހައި ރެއާލް މޮޅު ކޮށްދެމުންނެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ މެޗަށް ފަހު ބެލިންގްހަމްއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
"އޭނާއަށް 15 ވަރަކަށް ގޯލު ޖެހިދާނެ އުނދަގުލަކާ ނުލައި. އޭނާ ހާއްސަ ވަނީ، ބޯޅައާ ނުލައި ވެސް އޭނާގެ މޫވްމަންޓުތައް ވަރަށް ރަނގަޅު. އެއީ އޭނާގެ ހުރި އެންމެ ހާއްސަ ކޮލިޓީއަކީ،" މެޗަށް ފަހު ބެލިންގްހަމްއާ ގުޅޭގޮތުން އަންޗެލޮޓީ ބުންޏެވެ.
"ޑިފެންސް ލައިން ބްރޭކް ކޮށްލައި އޭނާގެ ހަރަކާތްތައް ވަރަށް ކޮންސިސްޓެންޓް، އެހެންވެ ގިނަ ގޯލު ޖެހެނީ. އޭނާ ކުޅެނީ ވަރަށް ހަމަޖެހިގެން، ވަރަށް ބޮޑަށް ފޯކަސް މިކަމަށް ބަހައްޓައިގެން. އޭނާ ވަރަށް ބޭނުންވޭ މިތާނގައި [ރެއާލްގައި] ކުޅެން."
އަންޗެލޮޓީ ބުނީ، ކުރީ ސީޒަންގައި ޑޯޓްމަންޑުގައި އަށް ގޯލު ޖެހި ބެލިންގްހަމް، މިހާރު ރެއާލް މެޑްރިޑް ކުޅޭ ސްޓައިލްގައި އޭނާގެ ކުޅުން ކުރިއަރާފައި ވާކަމަށެވެ.
"އަހަރެމެން އޭނާއަށް ދެއްކިން ޑޯޓްމަންޑުގައި އޭނާ ކުޅުނު ވީޑިއޯތައް، އަހަރެމެންނަށް އޭނާ ކަމުދަނީ ކީއްވެ ކަން ދައްކައިދިނިން. އޭނާ ވަނީ ބޯޅަ ނެތް ވަގުތު ހުސް ޖާގަތަކަށް ދުވެ ކުރިއަށް ވުރެ ބޮޑަށް މޫވްމަންޓް އިތުރުކޮށްފައި،" ބެލިންގްހަމްގެ ކުޅުމަށް އައި ބަދަލާ ގުޅޭގޮތުން އަންޗެލޮޓީ ބުންޏެވެ.
"އޭނާއަކީ އަބަދުވެސް ބޯޅަ ހިފައިގެން ޑްރިބްލް ކުރާއިރު އިދިކޮޅު ގޯލާ ދިމާއަށް ދާ ކުޅުންތެރިއެއް. އޭނާ އެއްގޮތަކަށް ވެސް ފަހަތަކަށް ނުދާނެ."
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
ނަތީޖާ އަނބުރާލަން ރެއާލްގެ އުކުޅު އަންޗެލޮޓީގެ ދުލުން
ގޯލެއްނުޖެހި އެއްވަރުވެގެން ރެއާލަށް އެއްވަނަ ގެއްލިއްޖެ
އެތުލެޓިކޯ އަތުން ބަލިވުމުން ޒިންމާ ނެގީ އަންޗެލޮޓީ
މޮޅުވީ ފަހަތުން އަރައި، އަންޗެލޮޓީއަށް ކަމަކުނުދޭ
ދެ މެޗަށް ފަހު ސްޕެނިޝް ލީގުގައި ރެއާލަށް މޮޅެއް
މެޗުން ބަލިވުން ރެފްރީ ބޮލަށް ޖެހޭކަށް ނެތް
ޕޮޗެޓީނޯގެ ވާހަކަތައް އަންޗެލޮޓީ ނުސީދާކޮށް ދޮގުކޮށްފި