Roadha Mihaaru
ބެލިންހަމްގެ މުހިންމުކަން އިންގްލެންޑަށް ބޮޑު ވަނީ

މެޗަކަށް ފަހު މެޗަކުން ބެލިންހަމްގެ މުހިންމުކަން އިންގްލެންޑަށް ބޮޑު ވަނީ

13 ސެޕްޓެމްބަރ 2023

ގްލަސްގޯ (ސެޕްޓެމްބަރު 13) - މެޗަކަށް ފަހު މެޗަކުން، ޖޫޑެ ބެލިންހަމްގެ މުހިންމުކަން އިންގްލެންޑަށް ބޮޑުވަމުންދާކަން އޭނާ ސާބިތުކޮށްދީފި އެވެ.

ގްލަސްގޯ (ސެޕްޓެމްބަރު 13) - މެޗަކަށް ފަހު މެޗަކުން، ޖޫޑެ ބެލިންހަމްގެ މުހިންމުކަން އިންގްލެންޑަށް ބޮޑުވަމުންދާކަން އޭނާ ސާބިތުކޮށްދީފި އެވެ.

ރޭ ސްކޮޓްލެންޑާ ދެކޮޅަށް އިންގްލެންޑް ކުޅުނު އެކުވެރި ކަމުގެ މެޗުގައި ވެސް 3-1 ން އިންގްލެންޑަށް މެޗު ކާމިޔާބުކޮށް ދިނުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރީ ރެއާލް މެޑްރިޑްގެ އާ މިޑްފީލްޑަރު ބެލިންހަމެވެ.

އިންގްލެންޑްގެ ދެވަނަ ލަނޑު ޖެހީ އޭނާ އެވެ. އަދި ތިންވަނަ ލަނޑު ޖަހަން ކެޕްޓަން ހެރީ ކޭން އަށް ބޯޅަ ތަނަވަސްކޮށް ދިނީ ވެސް ބެލިންހަމެވެ. އިންގްލެންޑްގެ ފުރަތަމަ ލަނޑު ޖެހީ ކައިލް ވޯކާ ތަނަވަސްކޮށް ދިން ފުރުސަތަކުން ފިލް ފޮޑެން އެވެ.

އިންގްލެންޑާއި ސްކޮޓްލެންޑްގެ ވާދަވެރި ކަމަކީ 150 އަހަރަށް ވުރެ ދުވަސްވީ ވާދަވެރި ކަމެކެވެ. އެކަމަކު އެ ވާދަވެރިކަމުގެ ތެރެއިން ވެސް ސްކޮޓްލެންޑްގެ ސަޕޯޓަރުން ވަނީ ބެލިންހަމް އަށް ތަރުހީބު ދީފަ އެވެ.

ސްކޮޓްލެންޑްގެ ސަޕޯޓަރުންގެ ފަރާތުން މާލާމާތް ރައްދުވީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ހެރީ މެގުއާ އަށެވެ. ސްކޮޓްލެންޑްގެ ހަމައެކަނި ލަނޑަކީ އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓަށް ޖެހުނީ މެގުއާ ހިމާޔަތްކޮށްދޭށެވެ. އޭނާ ބުނީ ސްކޮޓްލެންޑްގެ ސަޕޯޓަރުން މެގުއާ އަށް މަލާމާތް ކުރަނީ އިންގްލެންޑްގެ ފުޓްބޯޅަ އެނަލިސްޓުންނާއި މީޑީއާތަކުން ގިނަ ދުވަސްތަކެއް ވަންދެން އޭނާއާ މެދު ހަޑިހުތުރު ކޮށް ދިމާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

"ސްކޮޓްލެންޑްގެ ސަޕޯޓަރުންގެ ފަރާތުން އެގޮތަށް ދީމާ ކުރީމަ އަހަންނަށް އެކަން އަންޑަސްޓޭންޑްވޭ. ސަބަބަކީ އެ މީހުންނަކީ އިދިކޮޅު ޓީމުގެ ސަޕޯޓަރުން ކަމަށްވާތީ،" މެޗަށް ފަހު ސައުތުގޭޓް ބުންޏެވެ.

"އެއީ މަލާމާތް ކުރުން ކުޅުންތެރިއަކަށް މިހާވަރަށް ދިމާކޮށް ފުރައްސާރަ ކުރިމަތި ކުރި ދެވަނަ އެހެން ކުޅުންތެރިޔެއްގެ ވާހަކަ ދުވަހަކު ވެސް އަހަރެން އަޑެއް ނާހަން. ސްކޮޓްލޭންޑްގެ ސަޕޯޓަރުންނެއް ނޫން، އަހަރެމެންގެ އަމިއްލަ ކޮމެންޓޭޓަރުންނާއި ޕަންޑިޓުން ނުވަތަ ކޮންމެ ވެސް އެހެން ބަޔަކު. އަހަންނަށް މީގެ ކުރިން ނުފެންނަވަރުގެ ކަންތައްތަކެއް މި މީހުން (މެގުއާ މެދު) އުފައްދައިފި."