Roadha Mihaaru
އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން މަރުވެއްޖެ

އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން މަރުވެއްޖެ

21 އޮކްޓޯބަރ 2023

ލަންޑަން (އޮކްޓޯބަރު 21) - އިންގްލެންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން، އުމުރުން 86 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ލަންޑަން (އޮކްޓޯބަރު 21) - އިންގްލެންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން، އުމުރުން 86 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ޗާލްޓަން މަރުވީ މުސްކުޅި ބަލީގަ އެވެ. ހަނދާން ނެތޭ ބަލީގެ ވައްތަރެއް ކަމަށްވާ ޑިމެންޝިއާ އޭނާ އަށް ޖެހިފައިވާކަން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އޭނާގެ އާއިލާއިން އިއުލާން ކުރި އެވެ.

ޗާލްޓަން އަކީ، އިންގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބު ކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ އެވެ. އެ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ދަތުރު ކުރީ، ސެމީ ފައިނަލްގައި ޕޯޗުގަލް ކޮޅަށް އޭނާ ޖެހި ދެ ލަނޑުންނެވެ. އަމިއްލަ ގައުމުގައި 1966 ގައި ބޭއްވި އެ މުބާރާތް ކާމިޔާބުކޮށް އެ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ބެލަންޑިއޯ ވެސް އޭނާ ހޯދި އެވެ.

ބޮބީ ޗާލްޓަން: އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް 17 އަހަރުވަންދެން ކުޅެފަ --- ފޮޓޯ: ގެޓީ އިމޭޖަސް

ބޮބީ ޗާލްޓަން: އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް 17 އަހަރުވަންދެން ކުޅެފަ --- ފޮޓޯ: ގެޓީ އިމޭޖަސް

ފުޓްބޯޅައިގެ ތާރީހުގައި ވޯލްޑް ކަޕާއި ބަލަންޑީއޯ ހޯދީ މިހާތަނަށް ނުވަ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ޗާލްޓަން ހިމެނެ އެވެ.

ޗާލްޓަންގެ ފުޓްބޯޅަ ކެރިއާގެ ބޮޑުބައެއް ހޭދަ ކުރީ ޔުނައިޓެޑްގަ އެވެ. އެ ކްލަބަށް 758 މެޗު ކުޅެދީ، 249 ގޯލް ޖެހި އެވެ. އޯލްޑް ޓްރެފޯޑްގައި ހޭދަކުރި 17 އަހަރުގެ ތެރޭގައި އޭނާ ވަނީ ޔުނައިޓެޑާ އެކު ލީގު ތަށި ތިން ފަހަރު، ޔޫރަޕިއަން ކަޕް އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ކުޅޭ މެޗުގައި، ޗާލްޓަންގެ މަރާ ގުޅިގެން ހިތާމަފާޅު ކުރުމުގެ ރަމްޒެއްގެ ގޮތުން ކަޅު ބޭންޑް އަޅަން ވަނީ ހަމަޖެހިފަ އެވެ. ޔުނައިޓެޑް ރަށުން ބޭރުގައި މިރޭ ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.