22 އޮކްޓޯބަރ 2023
ޝެފީލްޑް (އޮކްޓޯބަރު 22) - ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-1 ން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި، އެ ކްލަބްގެ ލެޖެންޑް ބޮބީ ޗާލްޓަން އަށް އިހުތިރާމް އަދާކޮށްފި އެވެ.
ޝެފީލްޑް (އޮކްޓޯބަރު 22) - ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-1 ން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި، އެ ކްލަބްގެ ލެޖެންޑް ބޮބީ ޗާލްޓަން އަށް އިހުތިރާމް އަދާކޮށްފި އެވެ.
މެޗު ފެށުމުގެ ކުރިން، ޝެފީލްޑްގެ ދަނޑު ބްރަމަލް ލޭންގެ ހުރި ސްކްރީނަކުން ޗާލްޓަންގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެއް ދައްކާލިއިރު، ފުޓްބޯޅައިގެ ދުނިޔޭގައ ޝަރަފުވެރި އެއް ކުޅުންތެރިޔާ އަށް އިހުތިރާމް އަދާކުރުމަށް ދެ ޓީމުގެ މެންބަރުން ދަނޑުގެ މެދުގައި ސަފު ހަދާލި އެވެ.
އިންގްލެންޑަށް 1966 ގެ ވޯލްޑް ކަޕް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އުމުރުން 86 އަހަރުގައި އިއްޔެ ވަނީ މަރުވެފަ އެވެ.
"މޮޅު ކުޅުންތެރިއެއް އަދި އެއަށްވުރެ ވެސް ހައިބަތު ބޮޑު ކުޅުންތެރިޔާ ސާރ ބޮބީ ޗާލްޓަންގެ ހަނދާނުގައި" މެން ޔުނައިޓެޑްގެ ކުޅުންތެރިންގެ ކުރިމަތީގައި ބަހައްޓާފައި ހުރި ބޭނާގައި ލިޔެފައި ވެއެވެ.
ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ބުނީ ޗާލްޓަންގެ މަރުގެ ވާހަކަ އަޑުއިވުމުން ޓީމުގެ މެޗު ތައްޔާރީތަކުގެ ތެރޭގައިވަނިކޮށް ކުޅުންތެރިންނަށް އަސަރު ކުރި ކަމަށެވެ.
މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ލީޑް ނަގައި ދިނީ ސްކޮޓް މެކްޓޮމިނީ އެވެ. އޭގެ ފަހުން އޮލިވާ މެކްބާނީ ޝެފީލްޑަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ޔުނައިޓެޑް މެޗުން މޮޅުކޮށްދިން ލަނޑު ދެވަނަ ހާފުގައި ޖެހީ ޑިއޭގޯ ޑަލޮޓް އެވެ.
"ބޮބީ ޗާލްޓަންގެ މަތިން ހަނދާންވުމުން އަލްވަދާއު ކިޔަން ޖެހެނީ އޭނާ ކުރި މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތަކަށް ވާތީ. އޭނާ ވަނީ ދަނޑުގެ އިތުރުން ދަނޑުން ބޭރުގައި ވެސް މުހިންމު ނަމޫނާއެއް ދައްކާފަ. އެކްރެޑިޓް އެ ޝަހުސިއްޔަތަށް އަހަރެމެން އަދާ މި ކުރީ މޮޅުވެގެން،" މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުންޏެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން