27 ޖޫން 2024
ގެލްސެންކާޝަން (ޖޫން 27) – އިންގްލެންޑް 24 އަހަރުގެ މިޑްފީލްޑަރު ފިލް ފޮޑެން އަށް ތިންވަނަ ދަރިއަކު ލިބޭތީ، ޔޫރޯގައި ގައުމީ ޓީމު ކޭމްޕް ދޫކޮށް އެނބުރި ރަށަށް ހިނގައްޖެ އެވެ.
ގެލްސެންކާޝަން (ޖޫން 27) – އިންގްލެންޑް 24 އަހަރުގެ މިޑްފީލްޑަރު ފިލް ފޮޑެން އަށް ތިންވަނަ ދަރިއަކު ލިބޭތީ، ޔޫރޯގައި ގައުމީ ޓީމު ކޭމްޕް ދޫކޮށް އެނބުރި ރަށަށް ހިނގައްޖެ އެވެ.
އާއިލީ ކަމެއްގައި ފޮޑެން އެނބުރި ގައުމަށް ދިޔަ ކަން އިނގިރޭސި އެފްއޭ އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އަދި ގަދަ 16 ގައި އަންނަ އާދިއްތަ ދުވަހުގެ ރޭ އިންގްލެންޑުން ސްލޮވާކިއާއާ ދެކޮޅަށް ކުޅެން ތައްޔާރުވާން ވަގުތު އޮއްވައި އޭނާ ޓީމާ ގުޅޭނެ ކަމަށް އެފްއޭއިން އުންމީދު ކުރެ އެވެ.
އިނގިރޭސި އެފްއޭއިން އިތުރު ތަފްސީލެއް ހާމަ ނުކުރި ނަމަވެސް، އޭނާ އިންގްލެންޑަށް ދިޔައީ ދަރިފުޅު ލިބޭތަނުގައި ހުންނަން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ވަނީ ޔޫރޯގައި އިންގްލެންޑް ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. އޭނާގެ ގޯލެއް އަދި ނުފެނު ނަމަވެސް ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ.
ގޯލު ޖެހުމަކީ އިންގްލެންޑަށް މުބާރާތުގައި ކުރިމަތިވެފައި އޮތް މައްސަލައެކެވެ. ގުރޫޕްގެ އެއްވަނަ އެޓީމުން ހޯދީ ޖުމްލަ ދެ ގޯލު ޖަހައިގެންނެވެ. ފުރަތަމަ މެޗުގައި 1-0 އިން ސާބިއާ ބަލިކުރި ނަމަވެސް ދެވަނަ މެޗުގައި ޑެންމާކާ އެއްވަރުވީ 1-1 އިންނެވެ. ފަހު މެޗުގައި ސްލޮވީނިއާއާ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ފޮޑެންގެ ލޯބިވެރިޔާ ރެބެކާ ކޫކް ތިންވަނަ ދަރިއަކަށް ބަލިވެ އިންކަން، (އެ ދެމީހުން) މިދިޔަ އޭޕްރީލް މަހު ސޯޝަލްމީޑިއާ އަށް ތިލަ ކޮށްލީ އެ ދެމީހުންގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު، ރޮނީ ގެ އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓަކުންނެވެ. ރޮނީ އަށް ދެ އަހަރުގައި، 2021 ވަނަ އަހަރު ފޮޑެން އަށް ވަނީ އަންހެން ދަރިއަކު ވެސް ލިބިފަ އެވެ. އޭނާގެ ނަމަކީ ޓްރޫ އެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން
އިންގްލެންޑަށް ކާމިޔާބު ވާނެ، ސިޓީއާ ދާދި އެއްގޮތް
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސައުތުގޭޓްގެ އަމާޒަކީ އިހުތިރާމު ހޯދައިދިނުން
ވަޓްކިންސް ފަހުވަގުތު ޖެހިގޯލުން އިންގްލެންޑް ފައިނަލަށް
ދަތުރުގެ ތާށިކަން ނެދަލެންޑްސް އަށް މައްސަލައަކަށް ނުވާނެ: ކޫމަން
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް