Roadha Mihaaru
ފިލިޕްސް މާ ބޮޑަށް ބަރު، ނުކުޅެވޭނެ: ގާޑިއޯލާ

ކެލްވިން ފިލިޕްސް މާ ބޮޑަށް ބަރު، ނުކުޅެވޭނެ: ގާޑިއޯލާ

25 ޑިސެމްބަރ 2022

މެންޗެސްޓާ (ޑިސެމްބަރު 25) - މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސްގެ ބަރުދަން މާ މަތި ކަމަށާއި އެ ވަރަށް ބަރުވެގެން އޭނާ އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެންޗެސްޓާ (ޑިސެމްބަރު 25) - މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސްގެ ބަރުދަން މާ މަތި ކަމަށާއި އެ ވަރަށް ބަރުވެގެން އޭނާ އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ލީގު ކަޕުގައި ލިވަޕޫލް އަތުން 3-2 ން މޮޅުވި މެޗުގައި ފިލިޕްސް އަށް މެޗުން ފުރުސަތު ނުދެ އެވެ. އެކަމާ ބޭހެގޮތުން ގާޑިއޯލާ އާ ސުވާލު ކުރުމުން އޭނާ ބުނީ ފިލިޕްސް އަކީ ސިޓީ އަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް އޭނާ އަށް ކުޅެވޭނީ ބަރުދަން ލުއިކޮށްގެން ކަމަށެވެ.

"އޭނާއަށް އަނިޔާއެއް ނުވޭ. އޭނާ އައިރު ހުރީ ބަރުދަން މަތިވެފައި. އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް އޭނާގެ ބަރުދަން މަތިވާންވީކީ. އަދި ކުޅެން ޖެހޭ ހާލަތެއްގައި ނޫން އޭނާ ހުރީކީ،" ގާޑިއޯލާ ބުންޏެވެ.

"އޭނަ އެވަރަށް ތައްޔާރު ވީމަ ކުޅޭނެ. އަހަރެމެންނަށް އޭނާ ވަރަށް މުހިންމު."

ގާޑިއޯލާ ބުނީ އެކަމާ ބެހޭގޮތުން ފިލިޕްސް އާ ވަކިން ވާހަކަ ދައްކައި ބަރުދަށް ލުއި ކުރުމަށް އަންގާފައި ވާނެ ކަމަށެވެ.

ލީޑްސް ޔުނައިޓެޑަށް 50 މިލިއަން ޑޮލަރު ދިނުމަށް ފަހު މި އަހަރު ސިޓީން ގެނައި ފިލިޕްސް އަށް އެ ކްލަބްގައި އަދި ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އަނިޔާ އާ ހެދި ޕްރިމިއާ ލީގުގައި އޭނާ އަށް އެއް މެޗަށް ވުރެ ގިނައިން ނުކުޅެ އެވެ.

ވޯލްޑް ކަޕަށް މެދު ކަނޑާލި ޕްރިމިއާ ލީގު މާދަމާ އަލުން ފަށާނެ އެވެ. ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ސިޓީ ނުކުންނާނީ ފިލިޕްސްގެ ކުރީގެ ޓީމު ލީޑްސް އާ ދެކޮޅަށެވެ.