މި އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އެކި ވަނަތައް ހޯދައި މެޑަލް ހާސިލްކުރި އެތުލީޓުންނަށް ދިރާގުން ހާއްސަ އިނާމެއް ދީފި އެވެ.
11 ސެޕްޓެމްބަރ 2023
މި އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އެކި ވަނަތައް ހޯދައި މެޑަލް ހާސިލްކުރި އެތުލީޓުންނަށް ދިރާގުން ހާއްސަ އިނާމެއް ދީފި އެވެ.
އެތުލީޓުންނަށް އިނާމު ދިނުމަށް ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެތުލީޓުންނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރުގެ އެކި އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވަނީ އެތުލީޓުންނަށް މަރުހަބާ ދަންނަވައި އެ ކުންފުނިން ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުޅިވަރު ކުރިއެރުވުމަށް އެކި އެސޯސިއޭޝަންތަކާ އެކު ކުރަމުން އަންނަ މަސައްކަތްތައް ވެސް ފާހަގަކުރެއްވި އެވެ.
މިއަހަރުގެ އައިއޯޖީގައި ރާއްޖޭއިން ވަނީ 28 މެޑަލް ހޯދައިފަ އެވެ. އެއީ ފަސް ރަން މެޑަލާއި ނުވަ ރިހި މެޑަލާއި 14 ލޯ މެޑަލް އެވެ.
މެޑަލް ލިބުނު ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، އެތުލެޓިކްސް، ޕަރަ އެތުލެޓިކްސް އަދި ޓައިކްވޮންޑޯ އެވެ.
ދިރާގުން އައިފޯން 17 ޕްރޯ ހުސްވެއްޖެ
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ދިރާގު ރޯޑް ރޭހުގެ މެޑަލާއި ރޭސް ކިޓް ދައްކާލައިފި
ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ
ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީގެ ފުރުސަތު