މާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
07 ސެޕްޓެމްބަރ 2023
މާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ އެ ދޯނި ދަރަވަންދުއާ ދިމާލުން ބޭރަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.
އެ ދޯނީގައި އޭރު ތިބީ ދިވެއްސަކާއި 12 ބިދޭސީން ކަމަށާއި އެ އެންމެން ވެސް ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެ އަށް މި ދެތިން ދުވަހު ދުވަހު މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހާއްސަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވައި އަދި ކަނޑު ގަދަ އެވެ. އެހެންވެ، ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކ. އާއި ތ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފަ އެވެ.
ބަންޑުން ޖަހައިލި ޑިންގީއަކުން މީހުން ސަލާމަތްކޮށްފި
ކައްޕި ގެއްލުން: "ފެނުނު ވަޅީގައި ހުރީ ލެޔެއް ނޫން"
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
ބަންޑުން ޖަހާލި ޑިންގީއަކުން އެންމެން ސަލާމަތްކޮށްފި
ފަރަށް އެރި ދޯނި އަޑިއަށް، މީހުން ސަލާމަތްކޮށްފި
ސިންގަޕޫރު ކުއްޖާގެ މަރު: ތަހުގީގަށް ބަޔާން ނަގައިފި
ސިހުން ގެނުވި މަރުތަކުގެ 24 ގަޑިއިރު
ދޯންޏެއް އަޑިއަށް ހިނގައްޖެ
ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި، ބަޔަކަށް އަނިޔާ
ލޭންޑިން ކްރާފްޓުން ނިޔާވީ ސިފައިންގެ މީހެއް