01 ސެޕްޓެމްބަރ 2023
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތަކާއި ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ގޮތް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ސާފުކޮށްދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތަކާއި ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭން ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ގޮތް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ސާފުކޮށްދެއްވައިފި އެވެ.
ހުޅުމާލެގެ ދެވަނަ ފޭސްގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެ ވައުދުތައް ވުމާއެކު އޭނާއަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާ ކަމަށެވެ. ނަމަވެސް، ވައުދުވެ ވަޑައިގަތީ އެކަން ކުރާނެ ގޮތް އެނގިވަޑައިގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު މާފު ކުރާނެ ވާހަކަ ބުނީމާ އެންމެން ބުނީ ކިހިނެއްހޭ އެ ދައްކާނީ. އަޅުގަނޑު ބުނީކީ ނޫނޭ އިރާދަކުރެއްވިއްޔާ އެ މާފުކުރާނަމޭ." އެކަން ކުރާނެ އެގޮތް އެނގޭ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ލޯނުތަކާއި ކުލި މައާފްކޮށް ދޭނީ ސަރުކާރުތަކުން ކޮރަޕްޝަނަށް ހަރަދު ކުރާ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކޮށްގެންނެވެ. އޭރުން ހައުސިން ލޯނުތަކާއި އެސްއެމްއީ ލޯނުތަކުގެ އިތުރުން އެހެން ހަރަދުތައް ވެސް މާފުކޮށްދެއްވޭނެ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ކޮށްދޭނަމޭ، އެކަން ކުރާނަމޭ. އަޅެ ގޮތް ބަލާލަން ހަވާލުކޮށްލަންވީނު." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލު އަޅަން ހަވާލުކުރީ 52 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލެއް ހުށަހަޅާފައި އޮއްވާ 152 މިލިއަން ޑޮލަރަށް ކަމަށެވެ. އެކަން އޭރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ހުއްދަ ވެސް ނުލިބެނީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ރަނގަޅެއްނު، އެއްކަލަހެން ލޯވަޅަށް ފައިބައިގެން މިދަނީ 100 މިލިއަން ޑޮލަރު. އެވެސް ބޮޑުވަރެކޭ އަޅުގަނޑު ސަރުކާރެއްގައި އެކަން ކުރިނަމަ އެ ކޮލިޓީގައި އެއަށް ވުރެ ރަނގަޅަށް އަޅުގަނޑު ހެދީމުސް 35 މިލިއަނާއި 40 މިލިއަނަށް އެންމެ ގިނަވެގެން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެސްއެމްއީ ލޯނުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ޑޮލަރު ކަމަށް ވާއިރު "ލޯވަޅުން ފައިބައިގެންދާ" 100 މިލިއަން ޑޮލަރު އެކަމަށް ހޭދަ ނުކުރެވޭނެތޯ ސުވާލު ކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވީ ޖޭޕީއަކީ ކުޑަ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީ އަދި މިހާތަނަށް ފެއިލް ނުވާ ކަމަށެވެ.
ގާސިމް ވައުދުވީ ހުރިހާ އެސްއެމްއީ ލޯނުތައް މާފުކޮށްދޭން
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް