28 އޯގަސްޓް 2023
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތައް މާފުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތައް މާފުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަތިވެރިއަށް ވަޑައިގެން ގާސިމް ތުހުމަތު ކުރެއްވި ގޮތުގައި، އެސްއެމްއީ ލޯނުގެ ނަމުގައި ސަރުކާރުން ލޯނު ދޫކުރަނީ އެއްވެސް އުސޫލެއް، އިންސާފެއް ނެތި، ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށެވެ. އާހިރުގައި އޭގެ ގެއްލުން ލިބެނީ ކުދި ވިޔަފާރިތައް ކުރާ ނިކަމެތިންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
"...ދައުލަތުން، ސަރުކާރުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މާފުކޮށްދޭނަން ވަގުތުން،" ރާއްޖޭގެ އެނެމް ކާމިޔާބު އެއް ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.
"ރަށުގައި ވިޔަސް މާލޭގައި ވިޔަސް ކޮންމެ ތަނެއްގައި ވިޔަސް، ސަރުކާރުން ދޫކޮށްފައި ހުރި، އެ ހެޔޮ ދެ މިލިއަން ތިން މިލިއަން ވިޔަސް. އެ ދުވަހުން [ސަރުކާރު ޖޭޕީ އަށް ލިބުމުން] ފެށިގެން މާފުކޮށްދޭނަން."
އއ. މަތިވެރި އަށް ވަޑައިގެން ގާސިމް އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ޖޭޕީ
މަތިވެރީގެ މީހުންގެ ބައްދަލުކުރައްވައި ދެއްކެވި ވާހަކާގައި ގާސިމް މިއަދު ވެސް ވަނީ މި ސަރުކާރާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުމާ މެދު ސުވާލު އުފައްދަވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން އިންޑިޔާ އަޑީގައި އޮވެގެން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި އެ ގައުމުން ދެމުންދާ ބިޔަ ލޯނުތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ މި ސަރުކާރު އިޔާދަކޮށްދީފި ނަމަ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާނެ ކަމަށެވެ.
އެހެންވެ، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުންނައިރު، އެ ހުރިހާ ކަމަކަށް ވިސްނުމަށް ގާސިމް މިއަދު ވެސް ގޮވައިލެއްވި އެވެ.
ލޯނު މާފުކޮށްދެއްވާނެ ގޮތް ގާސިމް ކިޔައިދެއްވައިފި
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް