31 އޯގަސްޓް 2023
ބާސެލޯނާ (އޯގަސްޓް 31) - އެފްސީ ބާސެލޯނާގެ އުންމީދީ ކުޅުންތެެރިޔާ ކަމަށް ކުރިން ބެލެވުނު އަންސޫ ފާޓީ ލޯން އުސޫލުން ބްރައިޓަން އަށް ދޫކޮށްލަން ބާސާއިން އެއްބަސްވެފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓްކޮށްފި އެވެ.
ބާސެލޯނާ (އޯގަސްޓް 31) - އެފްސީ ބާސެލޯނާގެ އުންމީދީ ކުޅުންތެެރިޔާ ކަމަށް ކުރިން ބެލެވުނު އަންސޫ ފާޓީ ލޯން އުސޫލުން ބްރައިޓަން އަށް ދޫކޮށްލަން ބާސާއިން އެއްބަސްވެފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓްކޮށްފި އެވެ.
ބާސާގެ ސީނިއާ ޓީމަށް 2019 ގައި ފާޓީ ކުޅެން ފެށުމުން، އޭރު އޭނާ ދެއްކި މޮޅު ކުޅުމާ އެކު އޭނާ އަކީ އެ ކްލަބްގެ އުންމީދީ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުންޏެވެ. ބާސާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ 2021 ގައި އެ ކްލަބް ދޫކޮށްލުމުން އޭނާ ބޭނުން ކުރި 10 ނަންބަރު ޖޯޒީ ވެސް ބާސާއިން ދިނީ ފާޓީ އަށެވެ.
އެކަމަކު މިދިޔަ އަހަރު އޭނާ އަށް ލިބުނު އަނިޔާއާ އެކު ފޯމު ގެއްލި ކުރިން ދެއްކި ކުޅުން ތަކުރާރު ނުކުރެވުނެވެ.
މި ސީޒަންގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ 11 ގައި ކުޅޭކަށް އޭނާ އަށް ފުރުސަތެއް ނުދެ އެވެ. ތިން މެޗުގައި އޭނާ ކުޅުނީ ޖުމުލަ 47 މިނެޓެވެ. އެއީ ގެޓާފޭއާ ދެކޮޅަށް 11 މިނެޓް، ކާޑިޒްއާ ދެކޮޅަށް 22 މިނެޓް، ވިޔަރެއާލާ ދެކޮޅަށް 14 މިނެޓެވެ.
ރަފީނިއާ ދެ މެޗަށް ސަސްޕެންޑް ކުރުމުން ވެސް ބަދަލުގައި އޭނާގެ ރޯލް އަދާކުރަން ވެސް ކޯޗު ޒަވީ ހެނާންޑޭޒް ފާޓީ އަށް ފުރުސަތެއް ނުދެ އެވެ. ބަދަލުގައި އޭނާ ފުރުސަތު ދިނީ 16 އަހަރުގެ ކުޅުންތެރިޔާ ޔެމީން ޔަމާލް އެވެ.
ސްޕެއިންގެ މީޑިއާތަކުން ބުނީ ލޯން އުސޫލުން ވިޔަސް މެޗުތައް ގަވާއިދުން ކުޅެވޭނެ ކްލަބަކަށް ދާން ފާޓީ މިހާރު ބޭނުންވާ ކަމަށެވެ. ބާސާއިން ބްރައިޓަން އާ އެކު އެއްބަސްވަނީ މި ސީޒަން ނިމެންދެން ލޯން އުސޫލުން އޭނާ ދޫކޮށްލުމަށެވެ.
ފާޓީ 2019-2020 ސީޒަންގައި ދެއްކި ކުޅުމާ އެކު އޭނާ އަށް 150 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ވެސް ބާސާ އަށް ލިބުނެވެ. އޭނާގެ އެޖެންޓް ހޯޖޭ މެންޑޭޒް މެދުވެރިކޮށް ލިބުނު ހުށަހެޅުމަށް ބާސާ ނޫނެކޭ ބުނީ ވެސް އިތުރު ތަފުސީލަކަށް ބެލުމެއް ނެތި އެވެ. މެންޑޭޒްގެ ފަރާތުން ވެސް އެއީ ކޮން ކްލަބެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭރު މީޑިއާ ރިޕޯޓްތަކުން ހާމަވި ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގެންދަން މަސައްކަތް ކުރި އެވެ.
ރަފީނިއާއަށް އާސެނަލުން 50 މިލިއަން، ސައުދީގެ ކްލަބުން 65 މިލިއަން
އާޖެންޓީނާގެ ޒުވާން ތަރި ހޯދުމުގައި ސިޓީ އަށް ކާމިޔާބު
ތުރުކީގެ ޒުވާން ކުޅުންތެރިޔާގެ ސޮއިހޯދަން ރެއާލް، ބާސާ
މެސީ ގެންދަން ބާސާއާ އެކު އިތުރު ދެ ޓީމެއް
ބެނާޑޯ ސިލްވާ ބާސާ އަށް ޝައުގުވެރިވޭ: ގާޑިއޯލާ
ބާސާގެ މުސާރަ ކޯޑަށް ނުފެތޭ އެއްވެސް ޑީލެއް ނުހަދާނަން
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ދެވަނަ މެސީ ނަން ދިން ފާޓީއަށް ބާސާގައި ޖާގައެއް ނެތް