Roadha Mihaaru
ބެނާޑޯ ސިލްވާ ބާސާ އަށް ޝައުގުވެރިވޭ: ގާޑިއޯލާ

ބާސެލޯނާ އަށް ބަދަލުވާން ބެނާޑޯ ސިލްވާ ޝައުގުވެރިވޭ: ގާޑިއޯލާ

25 އޯގަސްޓް 2022

ބާސެލޯނާ (އޯގަސްޓް 25) - މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ބެނާޑޯ ސިލްވާ، ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިވާ ކަމަށް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާ (އޯގަސްޓް 25) - މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ބެނާޑޯ ސިލްވާ، ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިވާ ކަމަށް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސާ އާ ދެކޮޅަށް ސިޓީން ރޭ ކުޅުނު ޗެރިޓީ މެޗަށް ފަހު ގާޑިއޯލާ ބުނީ ސިޓީގައި ސިލްވާ ބަހައްޓަން ބޭނުންވާ ކަމަށާއި ނަމަވެސް ޓީމުގައި ހުންނަން ހިތްހަމަނުޖެހޭ ކުޅުންތެރިޔަކު އެނާ އަށް ނުހިފެހެއްޓޭނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް ސިޓީ ދޫކޮށްލަން ސިލްވާ މަސައްކަތް ކުރި ކަމަށް ޓްރާންސްފާ ހަބަރުތައް ބުނެ އެވެ.

"އޭނާގެ ޓްރާންސްފާ އާ މެދު އެންމެ ފުރަތަމަ އޮންނާނީ ދެ ކްލަބް އެކަމާ ވާހަކަ ދެއްކުން. މިދިޔަ ދެ އަހަރު އޭނާ އަށް އެއް ވެސް ކްލަަކުން ހުށަހެޅުމެއް ނާދޭ،" ގާޑިއޯލާ ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން އޭނާ ޓީމު ދޫކޮށް ދާކަށް. އޭނާ އަކީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިޔެއް. ދެކެވެމުން އެދަނީ ރަނގަޅު ވާހަކައެއް ބެނާޑޯ ވަރަށް ޝައުގުވެރިވޭ ބާސެލޯނާ އާ މެދު."

ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ އާއެކު ހުރި ބާސާގެ ކޯޗު ޒަވީ ހެންނާޑޭޒް ބުނީ ސިލްވާ އަށް ޝައުގުވެރި ނުވާނެ ކޯޗެއް ނުހުންނާނެ ކަމަށެވެ.

"އޭނާ ކުޅޭ ގޮތާ މެދު އަހަރެން ވަރަށް ޝައުގުވެރިވޭ. އެކަމަކު އޭނާ ޓީމަށް ބަދަލުވުމާމެދު ނިންމުން ބިނާ ވަނީ ސިޓީ ނިންމާ ގޮތަކަށް،" އޭނާ ބުންޏެވެ.

ޓްރާންސްފާ ޕީރިއަޑް ނިމެން ކައިރިވެފައި ވަނިކޮށް ބާސާއިން ހުށަހެޅުން އައުމުން، ސިޓީގެ ސީއީއޯ ފެރާން ސޮރިއާނޯ ހުރީ އެހާ މަރުހަބާ ކިޔަން ބޭނުންވާ ގޮތަކަށް ނޫނެވެ.

ޓްރާންސްފާ ޕީރިއަޑް ނިމޭނީ ސެޕްޓެމްބަރު 1 ގަ އެވެ. މި މަހު ސިލްވާ އީއެސްޕީއެން އަށް ބުނެފައި ވަނީ ސިޓީގައި އޭނާގެ ކުރިމަގު ސާފު ނޫން ކަމަށެވެ.