Roadha Mihaaru
އިޔާޒު: މުއިއްޒާ އެކު ތިބީ މަދު އިލްމުވެރިންތަކެއް

އިޔާޒު ވިދާޅުވީ، މުއިއްޒަށް ތާއީދު ކުރަނީ މަދު އިލްމުވެރިއެއް ކަމަށް

05 ސެޕްޓެމްބަރ 2023

ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަނީ މަދު ބައެއް ކަމަށް ވިދާޅުވެ، އިލްމުވެރިންގެ ގުޅުމުގެ ވައިބަ ގުރޫޕްގައި ރޭ ނެގި ވޯޓާ މެދު އެ ގުޅުމުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ،

ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަނީ މަދު ބައެއް ކަމަށް ވިދާޅުވެ، އިލްމުވެރިންގެ ގުޅުމުގެ ވައިބަ ގުރޫޕްގައި ރޭ ނެގި ވޯޓާ މެދު އެ ގުޅުމުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ،

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނޭ "އިލްމުވެރިންގެ ގުޅުން" އިން ނެގި ވައިބަ ގުރޫޕް ވޯޓުން މުއިއްޒަށް ވަނީ ބޮޑު ތާއިދެއް ލިބިފަ އެވެ. އެ ވޯޓުގައި ބައިވެރިވި 105 އިލްމުވެރިންގެ ތެރެއިން 87 އިލްމުވެރިން ތާއީދު ކުރެއްވީ ޑރ. މުއިއްޒަށެވެ.

އެ ގުރޫޕްގައި މުޅިން ވެސް ތިއްބަވަނީ ދީނީ އިލްމުވެރިންނެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އަދި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމދު ސޯލިހަށް ތާއީދު ކުރާ އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންތަކެއް ވެސް ހިމެނެ އެވެ.

އިޔާޒު ވެސް ހިމެނޭ "އިލްމުވެރިންގެ ގުޅުން"ގެ ވޯޓާ ގުޅިގެން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި 363 އިލްމްވެރިން ތިއްބަވާ ކަމަށެވެ. އޭގެ ތެރެއިން 105 އިލްމުވެރިން ބައިވެރިވި ވޯޓަކުން 85 ޕަސެންޓް މުއިއްޒަށް ލިބުމުން އެނގެނީ، އޭނާ އަށް އޮތީ މަދު އިލްމުވެރިންގެ ތާއިދުކަން ކަމަށް އިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދީނީ އިލްމުވެރިންގެ ގުޅުމުގެ ވައިބަ ގުރޫޕްގެ ވޯޓުގައި މުއިއްޒަށް ތާއީދުކުރަން ވޯޓު ދެއްވީ 24 ޕަސެންޓް ބޭފުޅުންނެވެ.

"އިލްމުވެރިންގެ ނަމުގަ ޚަބަރުފަތުރާއިރު އަމާނާތްތެރި ވުމަށް ގޮވާލަން. ސިޔާސީ ވިސްނުން ކުރިއެރުވުމަށް އިލްމުވެރިންގެ ނަމުގައި އިތުރުފުޅު ނުހެއްދެވުމަށް މުއިއްޒު އަށް ގޮވާލަން،" އިޔާޒު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ އިސް މެމްބަރު އިޔާޒު ވަނީ އޭނާގެ ތާއިދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ތަކުރާރު ކުރައްވައިފަ އެވެ.

"އިލްމުވެރިންގެ ގުޅުން"ގެ ވައިބާ ގްރޫޕްގައި ނެގި ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވީ ފަސް އިލްމްވެރިއެކެވެ. ނުވަ އިލްމުވެރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަށް ވެސް އެއް އިލްމުވެރިއަކު ތާއީދު ކުރެއްވި އެވެ.

އެއްވެސް އިލްމުވެރިއެއްގެ ތާއީދު ލިބިވަޑައިނުގަތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަސަން ޒަމީލަށެވެ.

އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން ވަނީ ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކޮށްފަ އެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރާ އަދާލަތު ޕާޓީއާ ވެސް އެ ގުޅުން ވަކިން ބައްދަލު ކުރި އެވެ. އެހެން ބައެއް ކެންޑިޑޭޓުންގެ ވިސްނުން ހުރި ގޮތް ހޯދަން ވެސް އެ ގުޅުމުގެ އިސްވެރިން ބައްދަލުކުރެއްވި އެވެ.