26 އޯގަސްޓް 2023
ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އަލްހާން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމާއި އޭގެ އިތުރު ތަފުސީލެއް ވެސް ފުލުހުން އަދި ނުދެ އެވެ.
އަލްހާންގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް ވެސް މިހާރު ބަލަމުންނެވެ. އެއީ ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިންގެ ވިޔަފާރީގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ.
ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މެއި އަމުރު ވެސް ކޮށްފައިވެ އެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، 1،864 މީހެއްގެ އަތުން އަލްހާން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އެކަމަކު، އެއީ ރާއްޖޭގެ ގާނޫނުތައް ހުއްދަ ނުކުރާ ކަމެއް ކަމަށް ވާތީ، ކަމާ ބެހޭ އިދާރާތަކުން އެކަން މަނާކުރުމާ ގުޅިގެން، އެ ފައިސާ އިންވެސްޓަރުންނަށް ދިނުމަށް އޭނާ ވަނީ ނުކުޅެދިފަ އެވެ.
އެ ސްކީމް ހުއްޓާލަން އޭނާއަށް މަޖުބޫރުވީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ފައިސާ އަނބުރާ ނުލިބިގެން އޭނާއަށް ވަރަށް ގިނަ އިންޒާރުތައް ލިބެމުންދާ ކަމަށް އަލްހާން ކުރިން ބުނެފައިވެ އެވެ.
މަންޑޭގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަންޖެހޭ
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި
ކުރީގެ ސީޕީ އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި
ލަންކާގައި ހުއްޓައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ޕާސްޕޯޓް ހިފެހެއްޓުން: ހައްގެއް ނިގުޅައިގަތުން
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި
ރޭޕްގެ ތުހުމަތު އެޅިފައިވާ ފިލްމީ ތަރި ފުރުން މަނާ
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު