ދީނީ އިލްމުވެރިޔާ އަދި މާދަަމާ ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ޝައިހް އިލްޔާސް ހުސެއިންގެ ޕާސްޕޯޓު، މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.
22 ސެޕްޓެމްބަރ 2018
ދީނީ އިލްމުވެރިޔާ އަދި މާދަަމާ ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ ޝައިހް އިލްޔާސް ހުސެއިންގެ ޕާސްޕޯޓު، މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިފަހައްޓައިފި އެވެ.
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން، އޭނާގެ ޕާސްޕޯޓް މި ހިފެހެއްޓީ މެލޭޝިއާގައި ކުޑަ ދުވަސްކޮޅަކު އުޅުއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ލަންކާ މަގުން ސީދާ އައްޑުއަށް ވަައިގެން އެ ދުވަހުގެ ރޭ އިދިކޮޅު އިއްތިހާދުން އެ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް އިލްޔާސް ރަޖިސްޓަރީ ކޮށްފައި ވަނީ މެލޭޝިއާގައި ބަހައްޓާފައިވާ ފޮއްޓަށެވެ.
ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލްޔާސް މިއަދު ވިދާޅުވީ، ޕާސްޕޯޓު ހިފަހައްޓާފައިވާ ކަން އެނގިވަޑައިގަތީ، ލަންކާ މަގުން މެލޭޝިއާއަށް ފުރާވަޑައިގަތުމަށްޓަކައި ގަން އެއާޕޯޓަށް ހެނދުނު ވަޑައިގަތުމުން ކަމަށެވެ.
ޝެއިހް އިލްޔާސްގެ ޕާސްޕޯޓް ހިފެހެއްޓިކަމުގެ ލިޔުން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާއިރު، އެ މަރާ ގުޅުވައިގެން އިލްޔާސް ދެއްކެވި ވާހަކަތަކަކަށް ޖަވާބުދާރީވާން ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް މި މަހުގެ ފަސްވަނަ ދުވަހު ވަނީ އަންގައިފަ އެވެ. އެކަމަކު، ފުލުހުން އޭނާ އަށް އެކަން އެންގިއިރު ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފަ އެވެ.
އިދިކޮޅު ކޯލިޝަނުން ހިތަދޫގައި އިއްޔެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާ މެލޭޝިއާއަށް އޭރު ވަޑައިގަތީ ފިއްލަވަން ނޫން ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަތް ކަން ފުލުސް އޮފީހަށް ވެސް އަންގަވާފައި ވާނެ ކަމަށެވެ.
"އަޅުގަނޑު އެއްވެސް ޖިނާއީ ކުށެއް ނުކުރަން. އެކަމަކު އަޅުގަނޑު ރާއްޖެ އައި ކަން އެންގީ ފުލުހުން ހިންގާ އެ ތަހުގީގަކަށް އެއްބާރުލުން ދޭން،" އިލްޔާސް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އެކަން ފުލުހުން ތަހުގީގުނުކޮށް، އެކަމުގެ ޖަވާބު ފުލުހުން ހޯދާފައި ނުވާތީ އެކަމާ މެދު އޭނާ ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ އިލްޔާސްގެ މި ވާހަކަތަކަކީ ފުލުހުންނަށް މިހާތަނަށް ލިބިފައިނުވާ މައުލޫމާތުތަކެއް ކަމަށާއި އަފްރާޝީމްގެ މަރަށް ހަ އަހަރު ފަހުން، އޭނާ އެ ވާހަކަ ދެއްކެވި ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ، އެކަން އިތުރަށް ސާފުކުރަން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އިލްޔާސް ނުފިލާ، ރާއްޖެ އައިސް ބަޔާން ދޭނެ
އިންސާފު ގާއިމްނުކޮށް ދީނުގެ ވާހަކަ ނުދައްކާ: އިލްޔާސް
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި
ފުލުހަށް ހާޒިރުވާން އެންގި އިރު އިލްޔާސް ބޭރުގައި!
ކުރީގެ ސީޕީ އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި
ލަންކާގައި ހުއްޓައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި