02 ސެޕްޓެމްބަރ 2018
އަދުލު އިންސާފު ގާއިމްނުކޮށް އިސްލާމްދީނުގެ ވާހަކަ ދެއްކުމުގެ ހައްގެއް ނެތް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.
އަދުލު އިންސާފު ގާއިމްނުކޮށް އިސްލާމްދީނުގެ ވާހަކަ ދެއްކުމުގެ ހައްގެއް ނެތް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ އިސްލާމްދީނުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އުޅޭ މީހުންގެ މެދުގައި އަދުލު އިންސާފު ގާއިމްވެގެން ދިއުން ކަމަށެވެ. ނަމަވެސް އެ އިންސާފު ގާއިމްނުކޮށް އިސްލާމް ދީނޭ ކިއުމުގެ ހައްގު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޖަލްސާއެއް ނަމަވެސް އިލްޔާސްގެ ވާހަކާގައި ރައީސް އަބްދުﷲ ޔާމީން ނުވަތަ އެމަނިކުފާނުގެ ސަރުކާރުގެ ނަމެއް ނުގެންނަވަ އެވެ. އެކަމަކު އޭނާގެ ވާހަކަތައް އަމާޒު ވަނީ ސަރުކާރާއި ސަރުކާރު ދިފާއުކުރަން އުޅުއްވާ ދީނީ އިލްމުވެރިންނަށް ކަމަށް ބެލެވެ އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ތަރައްގީގެ ނަމުގައި ހަރާމް ގޮތުގައި ފައިސާ ހޯދަން ދަސްކޮށްދިނުމަކީ ވަރަށް ބޮޑު އަނިޔާއެކެވެ. އެކަމާ ދެކޮޅަށް އިލްމުވެރިން ތެދުވެވަޑައިގަތުމަށް ވެސް ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ރަނިން މޭޓް ފައިސަލް ނަސީމަށް ތާއީދުކުރައްވަން ނިންމެވީ "އެ ބޭފުޅުންގެ ކިބައިގައި ކިބުރުވެރިކަމާއި ބޮޑާކަން ނެތުމުން" ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން-- ފޮޓޯ: އަދާލަތު ޕާޓީ
އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި އެހެން ބައެއް މަރުތަކުގެ "ތަހުގީގު ނުކުރެވެނީ ކީއްވެގެންތޯ" އިލްޔާސްގެ ވާހަކާގައި ސުވާލުކުރެއްވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލިތާ ހަ އަހަރު ވެގެން ދާއިރު އެކަމުގެ ހަގީގަތް ނޭނގުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުށްވެރިން ދޫކުރާ އިރު ސިޔާސީ ސަބަބުތަކަށް ހައްޔަރުކުރާ މީހުން ދޫނުކުރާތީ ވެސް އިލްޔާސް ސުވާލު އުފެއްދެވި އެވެ.
"ކުށްވެރިން ދޫކުރެވިދާނެ. އެކަމަކު ސިޔާސީ ކުށްވެރިން ދުލެއް ނުކުރެވޭނެ. ކީއްވެގެންތޯ؟ ކޮބައިތޯ ކުށަކީ...؟ އަޅުގަނޑު މިހުރިހާ ވާހަކައެއް މިދައްކަނީ ފަހަރެއްގައި ދެން އަޅުގަނޑަށް ތިބޭފުޅުންނާ ބައްދަލުނުވެ ހިނގައިދާނެ މި ވާހަކަތަކުގެ ސަބަބުން،" ސިޔާސީ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތާ އެތައް ދުވަހެއް ފަހުން ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވި އެވެ.
އޭނާ ގޮވާލެއްވީ އަނިޔާވެރިކަމާ ދެކޮޅަށް ހުރިހާ އެންމެން ވެސް ނިކުތުމަށެވެ.
ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި
އިލްޔާސް ނުފިލާ، ރާއްޖެ އައިސް ބަޔާން ދޭނެ
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ތޯރިގުގެ އިސްލާހެއް
ހައްދުތަކާ ދެކޮޅުވުމަކީ ދީނަށް ގޮންޖެހުން: އިލްޔާސް
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
ފުލުހަށް ހާޒިރުވާން އެންގި އިރު އިލްޔާސް ބޭރުގައި!
ބާތިލު ވިސްނުމުގައި ޖަހާ ޕެނަލްޓީ ގޯލަކަށް ނުވަންނާނެ
ޝަހީމް އިލްޔާސަށް: ފަތުވާއަކުން މިވެރިކަމެއް ނުވެއްޓޭނެ