03 ސެޕްޓެމްބަރ 2018
އިސްލާމް ދީނުގެ އަދާވާތްތެރިންނަށް ރާއްޖޭގެ ބާރުވެރިކަން ދިނުމަށް، ބާތިލު ވިސްނުމުގައި ޖަހާ ޕެނަލްޓީ ގޯލަށް ނުވަންނާނެ ކަމުގައި، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމް ދީނުގެ އަދާވާތްތެރިންނަށް ރާއްޖޭގެ ބާރުވެރިކަން ދިނުމަށް، ބާތިލު ވިސްނުމުގައި ޖަހާ ޕެނަލްޓީ ގޯލަށް ނުވަންނާނެ ކަމުގައި، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް، ހދ. ވައިކަރަދު އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޝަހީމް ވަނީ، ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި، ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް، އިލްޔާސް ވިދާޅުވީ އޭނާ ކުރިން ދައްކަވާފައި ހުރި ވާހަކަތަކާ މެދު އެއްވެސް މީހަކަށް ރައްދު ނުދެއްވާނެ ކަމަށާއި އޭނާގެ ވާޖިބަކީ "ޕެނަލްޓީ ޖެހުން" ކަމަށެވެ. އަދި ފުރާނަ ހުރިހާ ހިނދަކު ޕެނަލްޓީ ޖަހާނެ ކަމަށާއި އެ ކަންތައްތައް ދިފާއު ކުރައްވާނީ އެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔަހޫދީ ދީން ފަތުރާ މީހެކޭ ޔަހޫދީންނާ ބައިވެރިވެގެންނޭ ބުންޏަސް އަޅުގަނޑުގެ މައްސަލައެއް ނެތް. ހަމަ އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ. އަޅުގަނޑު ހުރިހާ ކަމަކަށް ޕްރޫފް ދައްކާނީ ގުރުއާނާއި ހަދީސުން." އައްޑޫގައި ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވި އެވެ.
މި ވާހަކަތަކަށް ރައްދު ދެއްވައި، ޝަހީމް ވިދާޅުވީ ގުރުއާނަށާއި ސުންނަތަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި އެއީ ޕެނަލްޓީ ޖަހަން ބޭނުންކުރާ އެއްޗެއް ނޫން ކަމަށެވެ. އަދި، ބާތިލު ވިސްނުން ބޭނުންކޮށް، އިސްލާމް ދީނުގެ އަދުއްވުންނަށް ވެރިކަން ހޯދައިދިނުމަށް ޖަހާ ޕެނަލްޓީ ގޯލަށް ނުވަންނާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
ޝަހީމް، ވައިކަރަދޫގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޝަހީމްގެ ފޭސްބުކް ޕޭޖް
"ރާއްޖޭގެ އިލްމުވެރިންނަށް އަޅުގަނޑު ދަންނަވާނީ، ސާބިތުކަމާ އެކީގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނަވާށޭ. ބާތިލް ފަލްސަފާ އިން ރާއްޖެ މިނިވަން ކުރުމަށްޓަކައި މި ކުރާ މަސައްކަތުގައި އެންމެ ފިޔަވަަޅެއް ވެސް ފަހަތަކަށް ނުޖެހޭނަމޭ،" ޝައިހް އިލްޔާސްއާ އެކު ކުރިން އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަންވަރު ދަޅައިގައި، އިލްމުވެރިންގެ ގެތަކަށް ވަދެ، ދަމާފައި ނެރެގެން ގޮސް ތުނބުޅި ބާލައި، ޖަލުގެ ކުޑަގޮޅީގައި އަނދަގޮނޑި ޖެހި ޒަމާން ހިނގައްޖެ ކަމަށެވެ. އަދި މިހާރު އަނެއްކާ ވެސް މަސައްކަތް ކުރަންވީ އެ ޒަމާން އަލުން ގެންނަންތޯ ސުވާލު ކުރެއްވި އެވެ.
އަދާލަތު ޕާޓީ އަށް ނިސްބަތްވާ މީހުން ގިނަ، ވައިކަރަދޫގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އެ ރަށުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް، އިތުރު ސުވާލުތަކެއް ވެސް ކުރައްވައިފަ އެވެ.
"މި ރަށުގައި އުޅޭނެ އަދާލަތު ޕާޓީގެ މީހުން ވެސް. އެ މީހުންނަށް އަޅުގަނޑު މި ސުވާލުކުރަނީ. އަލުން ކީއްވެގެން ހެއްޔޭ އެ މީހުން (އިދިކޮޅު ކޯލިޝަންގައި ހިމެނޭ މީހުން) ވެރިކަމަށް ގެނައުމަށް ތި މަސައްކަތް ކުރަނީ. އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހުންގެ ސަފުތެރެ އަށް ވަދެގެން ތި އުޅެނީ ކީއްވެގެންތޯއޭ. މުސްތަގިއްލު ކަމާއެކު އެކަމަށް ކުރިމަތިނުލީ ކީއްވެގެންތޯއޭ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ކުށެއް ނުކުރާ މީހަކަށް، ކޯޓަކުން ހުކުމެއް ނުކުރާނެ ކަމަށާއި އެކަމަކު މާޒީ އަށް ބަލާއިރު، އޭރު އޮތް ސަރުކާރުތަކުން އިލްމުވެރިންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އަދި ދީނީ ވައުޒު ބުނުމާއި ނަސޭހަތް ދިނުމަށް މިއަށް ވުރެ ފަހި ދުވަސްތަކެއް ރާއްޖެ އަށް ނާންނަ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އެހެންވެ، އެއްވެސް ފަސްޖެހުމެއް ނެތި ރައީސް ޔާމީނަށް ވޯޓު ދިނުމަށާއި އެއީ އިސްލާމް ދީން މަތިވެރިކުރުމަށް ދޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވަނީ އިދިކޮޅުން ކޯލިޝަން ސަރުކާރަކަށް ކެމްޕޭން ކުރާތީ އެކަމަށް ވެސް ފާޑު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ތަފާތު މިޒާޖުތަކެއް ހިމެނޭ ކޯލިޝަން ސަރުކާރަކީ ދިގު މުއްދަތަކަށް އޮންނާނެ އެއްޗެއް ނޫން ކަމަށެވެ. ޝަހީމް ސިފަ ކުރެއްވި ގޮތުގައި އެ ފަދަ ކޯލިޝަނެއް ދެމި އޮންނަން ނަގާނީ 21 ނުވަތަ 18 ދުވަހަށެވެ.
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
ޝަހީމް އިލްޔާސަށް: ފަތުވާއަކުން މިވެރިކަމެއް ނުވެއްޓޭނެ
އިދިކޮޅުން އުޅެނީ އިންތިޚާބު ހައިޖެކް ކުރަން: ޚަލީލް
"އަޒުމަށް ބަދަލެއް ނާދެ، ހިދުމަތުގައި ދެމިހުންނާނަން"
ހަތަރު ލީޑަރުން ގެންގުޅެން މިއީ އަފްޣާނިސްތާނެއް ނޫން
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް
ޕީޕީއެމްގެ "އެންމެން އެކަކަށް" ޖަލްސާ ހޯމަ ދުވަހު
އިލްމުވެރިން ސިޔާސީ ކަންކަމުގައި ހަލާކުނުވޭ: ޝަހީމް
"އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ގައުމު ބައިބައިވާނެ"