05 ސެޕްޓެމްބަރ 2018
ރާއްޖޭގެ ދީނީ އިލްމުވެރިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ހަލާކުވެ ނުދިޔުމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ހަލާކުވެ ނުދިޔުމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މި މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރެއްވުމަށް، ށ. ފޯކައިދުއަށް ވަޑައިގެން ރޭ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިދިކޮޅު އިއްތިހާދަށް ނަސްރުދޭން، ބައެއް އިލްމުވެރިން މަސައްކަތް ކުރައްވާތަން މިހާރު ފެނިވަޑައިގަންނަވާ ކަމަށެވެ. ޝަހީމް ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު އިއްތިހާދުން މަސައްކަތްކުރަނީ، ދީނާއި ދައުލަތް ވަކިވެފައިވާ ސެކިއުލާ ދައުލަތަކަށް ރާއްޖެ ހެދުމަށެވެ. އެހެންވެ އެ ފަދަ ބަޔަކާއެކު މަސައްކަތްކުރާ ބަޔަކަށް އިލްމުވެރިން ވާން ޖެހުނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑު އެދެނީ ހުރިހާ އިލްމުވެރިން ވެސް، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމަށް. ފިތުނަވެރި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ހަލާކުވެ ނުދިޔުމަށް،" ގިނަ އިލްމުވެރިންތަކެއް ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގައި މަސައްކަތް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމްދީނާ އަދާވާތްތެރި އެކިއެކި ބާރުތަކުން، ރާއްޖޭގެ އިލްމުވެރިންގެ ބާރު ދުއްވާލައި ގެއްލުން ދީފައިވާ ކަމަށެވެ. އެހެންވެ، މިއީ ރާވައިގެން ކުރާ ކަންތައްތައް ކަމަށާއި އެކަމުގެ އަވައިގައި ޖެހި، ހަލާކުވެ ނުދިޔުމަށް ޝަހީމް އިލްތިމާސް ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިއްޔެ ފޯކައިދުއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް މީހުން އޭނާއަށް މަރުހަބާ ކިޔަނީ
ޝަހީމް މިހެން ވިދާޅުވި އިރު، އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ރައީސް، ޝައިހް ހުސައިން އިލްޔާސް ކޮންމެ ރެއަކުހެން އަންނަނީ އިދިކޮޅު ކޯލިޝަނުގެ ޖަލްސާތަކުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެ ވާހަކަތަކަށް ރައްދުދީ ދައްކާ ވާހަކަތަކުން، އެހެން ބައެއް އިލްމުވެރިން އަންނަނީ ސޯޝަލް މީޑިއާގައި އޭނާ ދިފާއު ކުރައްވަމުންނެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަމުގައި ހުންނަވަން ޖެހޭނީ، ތައުލީމީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ފުންނާބު އުސް ބޭފުޅެކެވެ. ރައީސް ޔާމީނަކީ އެފަދަ ވެރިއެއްކަން ސާބިތު ކޮށްދެއްވަމުން އޭނާ ވިދާޅުވީ އެއީ އިލްމީ ގޮތުން ފުންނާބު އުސް، ދައުލަތުގެ ވަޒީރުކަން ކުރެއްވި އިގްތިސާދީ ތަޖުރިބާކާރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ތައުލީމީ ނޫން މީހަކު، ދިވެހި ދައުލަތުގެ ވެރިޔަކަށް ހުންނަން ދިވެހިން ބޭނުން ނުވާ ކަމަށާއި އެ ފަދަ ވެރިއަކު ވާން ޖެހޭނީ، ދުނިޔޭގެ އޮޔާއި ވައި ދަންނަ، ގަދަ ކަނޑުގައި ނައު ދުއްވަން ކެރޭ ފަދަ ހިތްވަރު ގަދަ ބޭފުޅަކަށް ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަސްރަހުން، ރައީސް ޔާމީން ނޫން އެ ފަދަ ދެ ވަނަ ޝަހްސިއްޔަތެއް ނުފެނޭ. އެހެންވެ، އެއްވެސް ފަސްޖެހުމެއް ނެތި، އެ މަނިކުފާނަށް ވޯޓު ދިނުމަށް އަޅުގަނޑު އެދެން،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ސަރުކާރަކީ ފުރިހަމަ ސަރުކާރެއް ނޫން ކަމަށާއި އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި އެކަންކަން އިސްލާހުކޮށްގެން، މި ސަރުކާރު ދެމެހެއްޓުމަކީ ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އިސްލާމް ދީން ކުރިއެރުމަށް ރައީސް ޔާމީން ކުރެއްވި އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރަނިންމޭޓު ވިދާޅުވީ މީގެ ކުރިން ހައްޖަށް ދިޔުމަށް ވިސާ ޖަހަން ދާން ޖެހެނީ ސްރީ ލަންކާއަށް ކަމަށާއި އެކަމަކު މިހާރު، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އެކަން ކުރެވޭ ކަމަށެވެ. އަދި ރާއްޖޭން ފުރައިގެން ސީދާ ޖިއްދާއަށް ދަތުރުކުރެވޭ ކަމަށާއި މިއީ ރައީސް ޔާމީން ގެނެސްދެއްވާފައިވާ ފަސޭހަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ ހެޔޮ ވިސްނޭ ބަޔަކަށް ވާން. މީގެ ކުރިން ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ވީމައި ޑޮލަރުކޮޅު ހޯދަން ކިހާ ދަތި؟ މިހާރު އެއާޕޯޓަށް ފުރަން ގޮސް ޕާސްޕޯޓު ދައްކާލީމައި އެކަން ހަމަޖެހޭ. މިކަންކަން މިހާ ހަމައަށް ގެނެސްދީފައި ވަނީ ކިހާ ގުރުބާނީއަކަށް ވެގެންތޯ؟" ޝަހީމް ވިދާޅުވި އެވެ.
"ހައްގު ބަސް ބުނުމުގެ ނަމުގައި ބަޣާވާތެއް ނުކުރެވޭނެ"
"އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ގައުމު ބައިބައިވާނެ"
ބާތިލު ވިސްނުމުގައި ޖަހާ ޕެނަލްޓީ ގޯލަކަށް ނުވަންނާނެ
ރައީސަކީ ލާދީނީ ފިކުރުތަކަށް ޖާގަ ދޭނެ ބޭފުޅެއް ނޫން
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
"އަޒުމަށް ބަދަލެއް ނާދެ، ހިދުމަތުގައި ދެމިހުންނާނަން"
އަމިއްލަ މަސްލަހަތެއް ނެތް، ވޯޓު ދެއްވާ: ޝަހީމް
އިދިކޮޅުން ބުނާ ދީނީ ހުރިހާ ކަމެއްވާނީ ފުރިހަމަކޮށްފައި
ރައީސްގެ ވަށައިގެން ވަނީ އިސްލާމީ ގައުމުތައް: ޝަހީމް
ހަތަރު ލީޑަރުން ގެންގުޅެން މިއީ އަފްޣާނިސްތާނެއް ނޫން