ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ)، ބަންދުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަން ޝަރުތު ކޮށްފައި ކަން އެނގިއްޖެ އެވެ.
30 ޖުލައި 2023
ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ)، ބަންދުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަން ޝަރުތު ކޮށްފައި ކަން އެނގިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، ތަހުގީގަށް މަންޑޭ ހައްޔަރުކުރި މުއްދަތު ހަމަވުމުން ޝަރުތުތަކަކާ އެކު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އޭނާ އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރުމުގެ އިތުރުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ބޭރަށް ދަތުރުކުރާ ނަމަ ފުލުހުންގެ ހުއްދަ ހޯދުމަކީ ވެސް ކޯޓުން ކޮށްފައިވާ ޝަރުތެކެވެ. ފުލުހުން އަންގާ ކޮންމެ ވަގުތެއްގައި ތަހުގީގަށް ހާޒިރުވާން ވެސް ޖެހެ އެވެ.
ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށް، އޭނާ ތަހުގީގަށް ބަންދުކުރީ މި މަހުގެ ހައެއްގަ އެވެ.
މަންޑޭ ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން އަމުރެއް ނެރުނީ އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އޭރު ނެރުނު އަމުރު ބާތިލްކުރުމާ އެކުގަ އެވެ. މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނީ އަމުރު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ.
މަންޑޭގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފެށީ ހަންބޯ ކުންފުންޏަށް ނޭނގި ފްލެޓް ވިއްކި ކަމަށް ބުނެ އެ ކުންފުނީގެ މައި ހިއްސާދާރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ބަންދުގެ މުއްދަތު ހަމަވުމުން މަންޑޭ ދޫކޮށްލައިފި
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި
"އަތުލައިގަތީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް"
އިމިގްރޭޝަން ރިޝްވަތުގެ ތުހުމަތު: ވަނަވަރު އާންމުކޮށްފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި