ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދުގެ 15 ދުވަސް ހަމަވުމުން އިއްޔެ އޭނާ ދޫކޮށްލައިފި އެވެ.
30 ޖުލައި 2023
ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދުގެ 15 ދުވަސް ހަމަވުމުން އިއްޔެ އޭނާ ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ މަންޑޭގެ ބަންދުގެ މުއްދަތު ހަމަވުމުން ޝަރުތުކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އޭނާ އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ.
ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށް، އޭނާ ބަންދުކުރީ މި މަހުގެ ހައެއްގަ އެވެ.
މަންޑޭ ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން އަމުރެއް ނެރުނީ އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އޭރު ނެރުނު އަމުރު ބާތިލްކުރުމާ އެކުގަ އެވެ. މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ.
މަންޑޭގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފެށީ ހަންބޯ ކުންފުންޏަށް ނޭނގި ފްލެޓް ވިއްކި ކަމަށް ބުނެ އެ ކުންފުނީގެ މައި ހިއްސާދާރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.
މަންޑޭގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަންޖެހޭ
ހެކި ނައްތާލަން މަންޑޭ މަސައްކަތް ކުރާކަމުގެ ތުހުމަތު!
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ކޭ-ޕާކުން ލަނޑުލިބުނު މީހުން ޕޮލިހަށް އަންގަން އެދެފި
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
މާފުށީ ޖަލުން 33 ފޯނު އަތުލައިގެންފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް